އެސް އެންޑް އޯގެ ފިހާރައެއް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެޑްވަޓޯރިއަލް

އެސް އެންޑް އޯ: ފެންވަރު ރަނގަޅު އުފެއްދުންތައް؛ ހިދުމަތުގައި 1 ވަނަ

20 ފެބްރުއަރީ 2023

ފެންނަ ފެނުމަށް އެއީ މާލޭގެ ބާޒާރުމަތީގައި ހުންނަ އާދައިގެ ހޯލްސޭލް ފިހާރައެކެވެ. ނަމަކީ ސްޓޭންޑަޑް އެންޑް އޮރިޖިން ނުވަތަ އެސް އެންޑް އޯ އެވެ. ރިސޯޓުތަކަށް އެއީ އާ ނަމެއް ނޫނެވެ. އައިސްބާގެއްގެ ވެސް ފެނުން މައްޗަށް ފެންނަނީ، އޭގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. ބޮޑު ބައި އޮންނަނީ 'ފެނުއަޑީގަ' އެވެ. އެސް އެންޑް އޯގެ އަޮޕަރޭޝަންތައް ހަގީގީ ފުޅާވުމުގެ ދަތުރު ވެސް އެގޮތަށް، ފެންނަން އޮތް އެއްޗެއް ނޫނެވެ.

އެސް އެންޑް އޯގެ ފިހާރައެއްގައި ވިއްކަން ހުރި މުދާތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެސް އެންޑް އޯގެ ފެށުން އަންނަނީ 23 ފެބްރުއަރީ 2011ގަ އެވެ. އޭރު ކުންފުނީގައި ތިބީ އެންމެ 14 މުވައްޒަފުންނެވެ. ކަސްޓަމަރުންނަށް ހިދުމަތް ދެމުންދިޔައީ މއ. ބަނޑުގޭގައި ހެދި ސްޓޯރޭޖް ފެސިލިޓީންނެވެ. ކުންފުނީގެ ފެންވަރު ރަނގަޅު ކުރުމާއި އޮޕަރޭޝަން ފުޅާކުރުމުގައި އެސް އެންޑް އޯއިން އެއްވެސް ވަގުތެއް ބޭކާރުނުކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އަހަރު 'އައިއެސްއޯ22000' އަދި 'އެޗުއޭސީސީޕީ' ސެޓްފިކެޓް ހޯދައި އޭރު އެ ސެޓްފިކެޓް އޮތް މަދު ދިވެހި ކުންފުނިތަކުގެ ތެރޭގައި އެސް އެންޑް އޯ ވެސް ހިމެނުނެވެ.

ކޯލްޑް ސްޓޯރޭޖު: އެސް އެންޑް އޯގެ މައިބަދަ

އެންމެ ހެޔޮ އަގަށް ވުރެ ބޮޑަށް އެސް އެންޑް އޯއިން އިސްކަން ދެނީ އެންމެ ރަނގަޅު ކޮލެޓީގެ އުފެއްދުންތައް މާކެޓުގައި ވިއްކުމަށެވެ. އެކަން ޔަގީންކުރަން އެ ކުންފުނިން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ 2013 ވަނަ އަހަރު ކޯލްޑް ސްޓޯރޭޖަކަށް ކުރި އިންވެސްޓްމަންޓެވެ.

އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މަހުގެ އެކި ބާވަތްތަކުގެ ފެންވަރާ މެދު ސުވާލެއް ވެސް އުފައްދާނުލެވޭ އެއް ސަބަބަކީ މިއީ އެވެ. އޭގެ ފަހުން މިވީ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ކުންފުނީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ވަނީ މަތިކޮށްފަ އެވެ.

މިހާރު ބާޒާރުމަތިން ފެންނަ އެސް އެންޑް އޯގެ ފިހާރަ ހުޅުވީ 2017ގަ އެވެ. އެ ތަނުން ބޮޑަށް އަމާޒު ކުރަނީ މާލެ އާއި އަތޮޅުތަކުގެ ވިޔަފާރިތަކަށް ސަޕްލައި ކުރުމަށެވެ. ނަމަވެސް، މުދަލާއި ހިދުމަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އެ ފިހާރައަށް ވަދެ ބަލައިލާއިރު، ގިނަ ބާވަތްތަކުގެ ކާބޯތަކެތި ޖަހާފައި ހުރި ރެކްތަކުގެ ފަހަތުން ވެސް ފެންނަނީ ކޯލްޑް ސްޓޯރޭޖެކެވެ.

ކޯލްޑް ސްޓޯރޭޖަށް ވަދެ ނުކުތުމުގައި އަމަލުކުރަން ޖެހޭ ވަކި މިންގަނޑުތަކެއް އޮވޭ؛މިސާލަކަށް، އަންގި ބޭނުންކުރުން، ބޯ ނިވާކުރުން. (ދައުރު ފޮޓޯ)
އެސް އެންޑް އޯގެ ކޯލްޑް ސްޓޯރޭޖެއްގެ އެތެރޭގައި ބަހައްޓާފައި ހުރި ބައެއް ތަކެތި. (ދައުރު ފޮޓޯ)

ކޮންމެ ގޮތެއް ވަރިހަމައެއް ނޫން

ކަސްޓަމަރު ބުނާ ބޯޓަކަށް މުދާ އަރުވައިދިނުމަކީ މާލޭގައި ހިންގާ ގިނަ ވިޔަފާރިތަކުން ކޮށްދޭ ކަމެކެވެ. ނަމަވެސް، ގިނަ ފަހަރު ވާ ގޮތަކީ، ބޯޓަށް މުދާ އެރުވުމާ ހަމައިން، ވިއްކި ފަރާތުގެ ދައުރު ނިންމާލަނީ އެވެ. މާލޭގެ ނޯތު ހާބަރުގެ ޖާގައިގެ ދަތިކަން ނުވަތަ މޫސުން އޮންނަ ގޮތުން ނުފުރިގެން ހަފްތާ، ދެ ހަފްތާ ވިޔަސް ވަރިހަމަ އެވެ.

ބައެއް ބާވަތްތަކުގެ ކާބޯތަކެތި، އޭގެ ކޮލެޓީ ދަމަހައްޓަން ބޭނުން ނަމަ ވަކި ކޮންޑިޝަންއެއްގައި ބަލަހައްޓަން ޖެހުނު ނަމަވެސް، މިފަދަ ހާލަތްތަކުގައި ގަންނަ މުދާކޮޅު ލިބޭއިރު، ހުންނަނީ ހަލާކުވެފައި ނުވަތަ ކޮލެޓީ ގެއްލިފަ އެވެ. އެސް އެންޑް އޯއަށް އެ ގޮތް އެއް ގޮތަކަށް ވެސް ކަމަކު ނުދެ އެވެ.

"ބޯޓު ފުރުން ލަސްވެގެން ކަސްޓަމަރުން އަޅުގަނޑުމެންނާ ހިއްސާކުރުމުން، އަޅުގަނޑުމެން ގޮސް ބޯޓުން މުދާ ނަގައިގެން ގެނެސް އަލުން ފިހާރައިގައި [ސްޓޯރޭޖުގައި] ބަަހައްޓަން،" އެސް އެންޑް އޯގެ ސްޓޯ މެނޭޖަރު ޔޫސުފް ވިދާޅުވި އެވެ.

"އަނެއްކާވެސް މޫސުން ރަނގަޅުވީމަ ނުވަތަ ބޯޓު ފުރާ ދުވަސް ޔަގީންވީމަ ބޯޓަށް މުދާ އަރުވައިދެނީ."

އެސް އެންޑް އޯއިން ވިއްކާ ބައެއް ބާވަތްތަކުގެ މުދާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އެސް އެންޑް އޯއިން ވިއްކާ ބައެއް ބާވަތްތަކުގެ މުދާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ކުންފުނީގެ ބޮޑުމަންޒަރު

އެސް އެންޑް އޯ އަކީ ކިހާ ވަރެއްގެ ކުންފުންޏެއްކަން، ކުރު މުއްދަތެއްގެ ތެރޭގައި އެތައް ގުނައަކުން އިތުރުވަމުންދިޔަ އެ ކުންފުނީގެ އާމްދަނީއަށް ބަލައިލުމުން އެނގެ އެވެ. އެގޮތުން، ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވި 2020 ވަނަ އަހަރު ފިޔަވައި 2018 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އާމްދަނީ އުޅެނީ 21 މިލިއަން ޑޮލަރުން މަތީގަ އެވެ. ކޮވިޑުގެ އަހަރު އާމްދަނީ ކޮންމެވެސް ވަރަކަށް ސޮއްސައިލި ނަމަވެސް، ޖެހިގެން އައި އަހަރު ކޮވިޑު ކުރިން ލިބުނު އާމްދަނީއާ އެއްވަރުކޮށްލި އެވެ.

އެސް އެންޑް އޯގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކަން ދައްކައިދޭ އެއް މިސާލަކީ އެ ކުންފުނިން ދިގު މުއްދަތަކަށް ދަމަހައްޓަމުން އަންނަ ކަސްޓަމަރުންގެ ލިސްޓެވެ. އެ ލިސްޓުން އެނގެނީ، ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކަށް ސަޕްލައި ކުރުމުގެ ފެންވަރުވެސް، އެސް އެންޑް އޯގައި ހުރި ކަމެވެ. އޭގެ ތެރޭގައި ރިސޯޓު އޮޕަރޭޓު ކުރާ ދިވެހި އަދި ބޭރު ކުންފުނިތައްވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ބައެއް ކުންފުނިތަކަކީ:

  • ޔުނިވާސަލް ރިސޯޓްސް

  • ރެޑިސަން ބްލޫ ރިސޯޓްސް މޯލްޑިވްސް

  • ވަން އެންޑް އޮންލީ ރީތި ރަށް

  • މެރިއޮޓް ރިސޯޓްސް

  • ހިލްޓަން ރިސޯޓްސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް