އުރީދޫ

އުރީދޫ ފޯނު ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑު ގަނެވޭނެ

ގިފްޓް ކާޑު ގަނެވޭނީ ޕްރީޕެއިޑް ކަސްޓަމަރުންގެ މޯބައިލް ބެލެންސް އަދި ޕޯސްޑްޕެއިޑް ކަސްޓަމަރުންގެ ފޯނު ބިލުގައި ހިމަނާ ގޮތަށް

އުރީދޫ ކަސްޓަމަރުންނަށް ކްރެޑިޓް އަދި ޑެބިޓް ކާޑާ ނުލާ އޮންލައިން ގޭމިން އަދި އީކޮމާސް ޕްލެޓްފޯމުތަކުގެ ގިފްޓް ކާޑު ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އުރީދޫ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕްރީޕެއިޑް ކަސްޓަމަރުންގެ މޯބައިލް ބެލެންސް އަދި ޕޯސްޑްޕެއިޑް ކަސްޓަމަރުންގެ ފޯނު ބިލުގައި ހިމަނާގޮތަށް ކާރްތީ ސްޓޯރުން ގިފްޓް ކާޑު ގަނެވޭނެ ކަމަށެވެ.

އެގޮތުން މޮބައިލް ބެލެންސް ބޭނުންކޮށްގެން ނުވަތަ ބިލު ކުރާގޮތަށް

  • އައިޓިއުންސް

  • ނެޓްފްލިކްސް

  • އެމެޒޯން

  • ޕްލޭސްޓޭޝަން

  • މިއުޒިކް

  • ގޫގުލް ޕްލޭ

  • ސްޕޮޓިފައި

  • ޕަބްޖީ

  • ލީގް އޮފް ލެޖެންޑްސް

  • އެކްސްބޮކްސް ގިފްޓް ކާޑު ގަނެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑް ގަތުމަށް:

  • ބޭނުންވާ ގިފްޓް ކާޑް ހިޔާރު ކުރޭ

  • ގައުމުގެ ގޮތުގައި މޯލްޑިވްސް ހިޔާރުކުރޭ

  • މޮބައިލް އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހިޔާރު ކުރޭ

  • މޯބައިލް ނަންބަރު ޖަހައި ޕާޗޭސް އަށް ފިއްތާލާ

  • ޕާޗޭސް ފުރިހަމަ ކުރެވުނުކަން ޔަގީން ކުރުމަށް ޕިން ނަމްބަރެއް ލިބޭނެ

  • ޕިން ޖަހާ ކޮންފާމް އަށް ފިއްތާލާ

  • ޕިން ނަންބަރު ރަނގަޅަށް ޖެހުމުން ގަތް ކާޑު 'މައި ކާޑްސް' އިން ފެންނާނެ

ކާރްތީ ސްޓޯއަށް ސައިންއަޕް ކުރުމަށް:

  • ރެޖިސްޓާ ކުރުމަށް ސައިންއަޕް ލިންކަށް ފިތާލާ

  • ރެޖިސްޓްރޭޝަން ފުރިހަމަކުރުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލްގައިވާ ލިންކް އަށް ފިއްތާލާ

  • އެކައުންޓް އެކްޓިވޭޓް ކުރެވުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް