ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. މަޖިލިސް ތަޅުން (ފޮޓޯ/ މަޖިލިސް)
5.8 ބިލިއަންގެ ސަޕްލިމަންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި
މި އަހަރަށް ފާސްކޮށްދީފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުތައް ފޫނުބެއްދޭތީ 5.8 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓަށް އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އަހަރު މުޅި ޖުމްލަ 42.8 ބިލިއަން ރުފިޔާއާ ހަމައަށް ހަރަދުކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން މިއަދު ފާސްކުރި ސަޕްލިމަންޓްރީ ބަޖެޓް ފާސްވެފައި ވަނީ:
-
61 މެންބަރުންގެ ވޯޓާ އެކު
-
އަށް މެންބަރަކު ނުފެންނަ ކަމަށް ވޯޓް ދެއްވި
-
69 މެންބަރުން ވޯޓްގައި ބައިވެރިވެވަޑައިގެންނެވި
ފާހައްގަކޮށްލެވޭ ކަމެއް - އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ އެކު ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް ޑެފިސިޓް 14.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން %16.6 އެވެ.
ތަފްސީލް - ބަޖެޓް އިތުރު ކުރުމަށް ސަޕްލިމަންޓްރީ ބަޖެޓްގައި ހިމަނާފައިވާ ދާއިރާތަކަކީ:
-
ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 924 މިލިއަން ރުފިޔާ؛ ފާސްކޮށްފައި އޮތީ 543.3 މިލިއަން ރުފިޔާ
-
އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް 80.4 މިލިއަން ރުފިޔާ؛ ފާސްކޮށްފައި އޮތީ 109.2 މިލިއަން ރުފިޔާ
-
ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ؛ ފާސްކޮށްފައި އޮތީ 341.5 މިލިއަން ރުފިޔާ
-
ސަރުކާރު ކުންފުނިތަކަށް ދިނުމަށް 1.1 ބިލިއަން ރުފިޔާ؛ ފާސްކޮށްފައި އޮތީ 868.7 މިލިއަން ރުފިޔާ
-
ފެނަކައަށް ދޫކުރާ ކަރަންޓުގެ ސަބްސިޑީއަށް 439.7 މިލިއަން ރުފިޔާ؛ ފާސްކޮށްފައި އޮތީ 477 މިލިއަން ރުފިޔާ
-
ސިފްކޯ ހައުސިން މަޝްރޫއަށް 340.7 މިލިއަން ރުފިޔާ؛ ފާސްކޮށްފައި އޮތީ 50 މިލިއަން ރުފިޔާ
-
އާސަންދައަށް 906.7 މިލިއަން ރުފިޔާ؛ ފާސްކޮށްފައި އޮތީ 730.9 މިލިއަން ރުފިޔާ
އެނގުން މުހިންމު - މި އަހަރަށް ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކުރިއިރު މަޖިލީހުން ފާސްކޮށްދިން ވަރަށް ވުރެ އިތުރަށް މިހާރު ވެސް ބަޖެޓްގެ ތެރެއިން ބައެއް ހަރަދުތައްކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. އެގޮތުން، ފާސްނުކޮށް ކުރި ހަރަދުތައް ވަނީ 1 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފަ އެވެ.
ނަމަވެސް، ފިނޭންސުން ބުނެފައި ވަނީ މުޅި ބަޖެޓްގެ ޖުމްލަ އަދަދަށް ވުރެ އިތުރަށް ހަރަދު ނުކުރާ ކަމަށާއި ފާސްކުރި ވަރަށް ވުރެ ހަރަދު އިތުރުވެފައި ވަނީ ކޮންޓިންޖެންސީ ބަޖެޓްގެ ތެރެއިން ހަރަދުކޮށްގެން ކަމަށެވެ. އަދި އެއީ ފިނޭންސަށް ލިބޭ ބާރެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި އަހަރުގެ ބަޖެޓްގެ ހުލާސާ:
-
32.2 ބިލިއަން ރުފިޔާ - މިހާތަނަށް ހަރަދުކޮށްފައި
-
34.1 ބިލިއަން ރުފިޔާ - ފާސްކޮށްފައިވާ ބަޖެޓް
-
94% ހަރަދުކޮށްފައި
ކޮމެންޓް (1)
ވިސްނާލާ