
މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް ހަރަކާތުގެ ތެރެއިން (ފޮޓޯ/މީޑިއާނެޓު)
ގަތަރުގައި މިއަދު ފެށި ފީފާ ވޯލްޑް ކަޕް، މީޑިއާނެޓުގެ އެޕްލިކޭޝަން 'އެމްއެސް ޑިޖިޓަލް' ބޭނުން ކޮށްގެން ފޯނުން ބެލޭ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނަގައިގެން އުޅޭ މީޑިއާނެޓުން ވޯލްޑް ކަޕް މެޗުތައް ބަލަން ޖެހެނީ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ވޯލްޑް ކަޕް ކޮމްބޯ"އަށް ސަބްސްކްރައިބް ކޮށްގެންނެވެ.
ތަފްސީލް - މި ޕެކޭޖު ބޭނުންކޮށްގެން 150ރ. ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ބަލާލެވޭނެ އެވެ.
މި ޕެކޭޖުން، ވޯލްޑް ކަޕް މެޗުތަކުގެ އިތުރުން މީޑިއާނެޓުން ގެންގުޅޭ މުނިފޫހިފިލުވުމުގެ ޗެނަލްތަކާއި އަމިއްލަ ކޮންޓެންޓް ވެސް ބަލާލެވޭނެ އެވެ.

ގުޅުން ހުރި ކަމެއް - މީޑިއާނެޓުން ދަނީ ވޯލްޑް ކަޕް ބެލުމުގެ ފޯރިގަދަކުރަން މީޑިއާނެޓުން ކޮންމެ ހަފުތާއަކު 10,000ރ. ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފ އެވެ. މި ޕްރޮމޯޝަނުގައި މީޑިއާނެޓް ކަނެކްޝަނެއް ގަންނަ ކޮންމެ މީހަކަށް ބައިވެރިވެވޭނެ އެވެ.
އެނގުން މުހިއްމު - މީޑިއާނެޓަކީ ވޯލްޑް ކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރެވެ. އެހެންކަމުން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ބެލޭނީ މީޑިއާނެޓް މެދުވެރިކޮށް ނުވަތަ މީޑިއާނެޓާ ބައިވެރިވެފައިވާ ޗެނަލްތަކުން އެކަންޏެވެ.
ކޮމެންޓް (1)
ދިރާފޭން