އައިކެއާގެ '#ލަވްޔޯއައިޒް' ކެމްޕެއިން. (ދައުރު ފޮޓޯ/އިބްރާހިމް އަލީ)

އައިކެއާ

އައިކެއާ އިން ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން ކެމްޕޭނެއް ފަށައިފި

ތަފާތު ހަރަކާތްތައް ކުރިއަށްގެންދާ އެ ކެމްޕޭންގެ ތެރެއިން އެކި އިނާމުތައް ލިބޭ ފޮޓޯ މުބާރާތަކާއި ލަކީޑްރޯއެއް ވެސް ކުރިއަށްގެންދާނެ
28 އޮކްޓޯބަރު 2022

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިކެއާ އިން '#ލަވްޔޯއައިޒް'ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިއަދު ހަވީރު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 13ގައި ފާހަގަކުރި ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަހަކީ ލޮލުގެ ސިއްހަތާ މެދު މީހުން ހޭލުންތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކެވެ.

ތަފްސީލް - އައިކެއާގެ '#ލަވްޔޯއައިޒް' ހަރަކާތް ކުރިއަށްދަނީ އާޓިފިޝަލް ބީޗުގަ އެވެ. އެ ކެމްޕޭންގެ ދަށުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އާންމުންނަށް މައުލޫމާތު ދިނުން

  • ޑޮކްޓަރުންނާއި ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުން

  • ލޮލުގެ ސްކްރީނިންް ހަދައިދިނުން

  • އާންމު ސިއްހަތުގެ ސްކްރީނިން ހަދައިދިނުން

  • ލޮލުގެ ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމުގެ ފުރުސަތު ދިނުން

އައިކެއާގެ '#ލަވްޔޯއައިޒް' ކެމްޕެއިން. (ދައުރު ފޮޓޯ/އިބްރާހިމް އަލީ)
އައިކެއާގެ '#ލަވްޔޯއައިޒް' ކެމްޕެއިން. (ދައުރު ފޮޓޯ/އިބްރާހިމް އަލީ)

އެ ކެމްޕޭންގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ލަކީޑްރޯއެއްގައި ބަރިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މި ލަކީޑްރޯ އިން ހޮވޭ ތިން ފަރާތަކަށް ލިބޭ އިނާމުތަކަކީ:

  • އައިކެއާ ހޮސްޕިޓަލުން ހިލޭ ޑޮކްޓަރަށް ދެއްކުން

  • ގިފްޓް ވައުޗަރެއް

އައިކެއާގެ '#ލަވްޔޯއައިޒް' ކެމްޕެއިން. (ދައުރު ފޮޓޯ/އިބްރާހިމް އަލީ)
އައިކެއާގެ '#ލަވްޔޯއައިޒް' ކެމްޕެއިން. (ދައުރު ފޮޓޯ/އިބްރާހިމް އަލީ)

#ލަވްޔޯއައިޒް ކެމްޕޭންގެ ތެރެއިން ފޮޓޯ މުބާރާތެއް ވެސް ކުރިއަށްގެންދެ އެވެ. އެ މުބާރާތުގައި ބައިވެރިވުމަށް:

  • އައިކެއާގެ ސޯޝަލް މީޑީއާ އެކައުންޓްތައް ފޮލޯކުރަން ޖެހޭ

  • ކެމްޕެއިން ތެރެއިން ހިނގާ ހަރަކާތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް @އައިކެއާ.މޯލްޑިވްސް ޓެގް ކުރަން ވާނެ

  • ސޯޝަލް މީޑިއާގައި ހިއްސާކުރާ ފޮޓޯތަކުގައި ބޭނުން ނަމަ #ލަވްޔޯއައިޒް ހޭޝްޓެގް ވެސް ބޭނުންކުރެވިދާނެ

ލަކީޑްރޯ އާއި ފޮޓޯ މުބާރާތުގެ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް