Round 2

avatar

Ibrahim Mohamed Solih

MDP

avatar

Dr. Mohamed Muizzu

PPM - PNC

109,868

45.96%

129,159

54.04%

Updated Time: 5:32 AM

Voted 246,915

Eligible 282,804

Turnout 87.31%

Invalid 7,888

586

Counted Boxes

0

Remaining Boxes

އުމަރު ނަސީރު

އުފަން ތާރީހް: 27 އޭޕްރީލު 1967 (56 އަހަރު)

އުމަރު ނަސީރު

ވަކި ބައެއްގެ ގޮތުގައި ފުލުހުން ނުއުފެދެނީސް ސިފައިންގެ ތެރޭގައި ތަހުގީގުކުރަން އުޅުއްވި

މިހާރު އުވާލާފައިވާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ބާނީ

ރާއްޖޭގެ ހޯމް މިނިސްޓަރުކަން ގާތްގަނޑަކަށް ތިން އަހަރު ކުރެއްވި

ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ފުރުސަތު ލިބުމާ އެކު އުމަރު ނަސީރު އެކަމަށް ނުކުންނެވި އެވެ. އޭނާ އިސްކޮށް ހުންނަވައި، 12 ޑިސެމްބަރު 2005ގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އުފެއްދެވި އެވެ. އެކަމަކު އެ ޕާޓީ ވަނީ 2013ގައި އުވާލައިފަ އެވެ.

މިޒާޖުގައި ވެސް އުމަރަކީ ގޮތްދޫކުރައްވަން އެހާ ފަސޭހަ ބޭފުޅެއް ނޫނެވެ. އޭނާގެ އަނެއް ސިފަޔަކީ ކެރުމެވެ. ފޮރުވުމެއް ނެތި އޭނާގެ އިހުސާސްތައް ބަންޑުންކޮށްލެއްވުމެވެ.

އީޕީއެސްއިން އޯ ލެވެލް އަދި ސްރީ ލަންކާގައި އޭ ލެވެލް ހެއްދެވި އުމަރު ސިފައިންގެއަށް ވަންނަވައި، ތަހުގީގުކުރާ ބައިގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި އެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެވެ. ދެ ވަނަ ބުރުގައި އެހެން ހުރިހާ ކެންޑިޑޭޓުން، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަހަތްޕުޅަށް އަރާވަޑައިގެންނެވި އިރު ވެސް އުމަރު ހުންނެވީ އެވެ.

އޭގެ ފަހުން 2013ގައި އޮތް އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރެން ބޭއްވި ޕްރައިމަރީގައި އަބްދުﷲ ޔާމީނާ ވާދަކުރެއްވި އެވެ. އުމަރު އަދިވެސް ގަބޫލުކުރައްވަނީ އެ ޕްރައިމަރީގައި އޮޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބުކުރައްވައި ޔާމީން ރައީސްކަމަށް ވަޑައިގަތުމުން، އުމަރު ހޯމް މިނިސްޓަރަކަށް ހެއްދެވި އެވެ.

އުމަރު އަބަދުވެސް ވިދާޅުވަނީ އޭނާ ގަބޫލުކުރައްވާ އުސޫލުތައް މުގުރާލައްވާފައި، ސިޔާސީ ބޭފުޅުންގެ ފަހަތަށް ނާރުއްވާނެ ކަމަށެވެ.

މިއީ ރިޔާސީ އިންތިހާބަށް އުމަރު ނުކުންނަވާ ދެ ވަނަ ފަހަރެވެ.

އެންމެ ބޮޑަށް ކަންބޮޑުވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މި ފަހަރު ހޮވިއްޖެއްޔާ ގޭންގްތައް ކޮންޓްރޯލްކުރާނެ ގޮތަކަށް ނޫން، މަސްތުވާތަކެތި މައްސަލަ ހައްލުކުރާނެ ގޮތެއް ނޫން. އެންމެ ކަންބޮޑުވަނީ ދަރަންޏާ ދޭތެރޭ

ހަބަރު

ހަބަރު