އިލްޔާސް ލަބީބު

އުފަން ތާރީހް: 29 ޖޫން 1979 (45 އަހަރު)

އިލްޔާސް ލަބީބު

އާ ގާނޫނުއަސާސީގެ ފުރަތަމަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ޒުވާން އެއް މެމްބަރު

ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން ވިޔަފާރީގައި ކާމިޔާބު ހޯއްދެވި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ޒުވާން ކެންޑިޑޭޓް

އައްޑޫ ހުޅުދުއަށް އުފަން އިލްޔާސް ލަބީބަކީ، އާ ގާނޫނުއަސާސީގެ ދަށުން 2009ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ އިންތިހާބުގައި ހުޅުދޫ ދާއިރާއިން ހޮވިވަޑައިގެން، ސިޔާސީ ގޮތުން އަމަލީ މަސައްކަތަށް ނުކުންނެވި ބޭފުޅެކެވެ. އެންމެ ޒުވާން އެއް މެމްބަރެވެ. އެމްޑީޕީގެ ހަރަކާތްތެރި، އެމްޑީޕީގެ އާ އުއްމީދުތަކުގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ވެސް މެ އެވެ.

ރައްޔިތުންގެ މަޖިލިހަށް ވަޑައިގަތުމުގެ ކުރިން އޭނާގެ މަސައްކަތަކީ ވިޔަފާރި އެވެ. ކޮމްޕިއުޓަރާއި އައިޓީއާ ގުޅޭ ވިޔަފާރި އެވެ. މަޝްހޫރު ނަމުން ނަމަ 'މެގަޗިޕް' އެވެ. ވިޔަފާރީގެ ބެކްގްރައުންޑްގެ ބޭފުޅަކަށް ވާތީ ރައްޔިތުންގެ މަޖިލިހުގައި އޭނާ ވަނީ އިގުތިސާދީ އަދި މާލީ ދާއިރާގެ ކަންކަމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެމްޑީޕީގައި އިލްޔާސް ކުރިންސުރެ ބައްލަވަމުން ގެންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެހެންކަމުން ނަޝީދަށް އެމްޑީޕީގެ ބާރު ގެއްލުމާ އެކު އޭނާ ވަޑައިގަތީ ވެސް އެމަނިކުފާނުގެ ފަހަތްޕުޅަށެވެ.

މިއަދު އެމްޑީޕީ ދެ ފަޅިވެގެން އުފެއްދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ފުރަތަމަ ކެންޑިޑޭޓްގެ ފުރުސަތު ހޯއްދެވުނީ، އެގޮތަށް ނަޝީދުގެ އަރިހުގައި ހުންނެވުމުން ކަމަށް ފެނެ އެވެ. މިއަދު އިލްޔާސްއަކީ، 2009ގައި ރައްޔިތުންގެ މަޖިލިހަށް ވެންނެވި ފަދައިން، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓް ވެސް މެ އެވެ.

އިތުރަށް ކިޔާލަން

ގާނޫނުއަސާސީ އިސްލާހުކުރެވުމުން، އިންތިހާބާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނަން

މެނިފެސްޓޯ އާއި ވައުދު

މެނިފެސްޓޯ އާއި ވައުދު

މެނިފެސްޓޯ

ފަސޭހަ ވިޔަފާރި

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި، ދިރިއުޅުން ބިނާކުރުން

އިތުރަށް ކިޔާލަން

ލާމަރުކަޒީ ބަދަލު

އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމްކުރާނެ

މަޖިލިސް ސިޔާސަތު

76 ގޮނޑިއަށް މަދުކޮށް، އަންހެނުންނަށް ހާއްސަ 8 ގޮނޑި

މަޖްލިސް މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް

ދައުރުގެ ތެރެއިން މެމްބަރަކު ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުކުރާ ދާއިރާގެ ރައްޔިތުންނަށް ފެންނަ ހިނދެއްގައި ރިކޯލް ވޯޓު ނެގޭނެ ގޮތެއް ގާނޫނުގައި ކަނޑައެޅުން

އުތުރާއި ދެކުނުގެ ޓޫރިޒަމް ވިޔަފާރިން ފުރަތަމަ 3 އަހަރު ޓީޖީއެސްޓީ ކަނޑާލުން

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން ހުރި ހުރަސްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، އެ ސަރަހައްދުތަކުގައި ރިސޯޓު އަދި ގެސްޓުހައުސް ތަރައްގީކޮށް ހިންގަން ފަށާ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެ ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ އެއްކޮށް ކަނޑާލާން. އަދި ތިން އަހަރު ހަމަވުމުން ދެން އޮތް ހަތް އަހަރު ދައްކަން ޖެހޭ ޓީޖީއެސްޓީގެ %50 އަށް ކުޑަކުރުން

ހަބަރު

ހަބަރު