އިބްރާހިމް ޝުޖާއު

އުފަން ތާރީހް: 22 ޖެނުއަރީ 1976 (48 އަހަރު)

އިބްރާހިމް ޝުޖާއު

އިބްރާހިމް ޝުޖާއުއަކީ ޕީޕީއެމް އާއި ޕީއެންސީގެ ހަރަކާތްތަކުގައި އެންމެ އިސް އެއް ރޯލެއް އަބަދުވެސް ކުޅުއްވަމުން ގެންދެވި އެއް ބޭފުޅެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ވެސް އޭނާ އޭރު ހުންނެވީ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުގަ އެވެ.

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބާރަށުގެ ގޮނޑި ގެއްލުނެވެ. ނަމަވެސް އޭނާގެ ސިޔާސީ މަސައްކަތަށް ހުއްޓުމެއް ނުގެންނަވަ އެވެ. އޭގެ ނަތީޖާއަކީ މާލޭ ސިޓީ ކައުންސިލްގެ ގޮނޑިއެއް ވެސް ކާމިޔާބުކުރެއްވުމެވެ.

އަނެއްކާވެސް ޝުޖާއު އެ ނުކުންނަވަނީ އުފަން ރަށް ބާރަށު ދާއިރާއަށެވެ. އޭނާއަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ވެސް އަރިސް ބޭފުޅެކެވެ.

އަޅުގަނޑުމެން އުޅުނީ މުޒާހަރާތަކުގައި އަނިޔާވާ މީހުން ގޮވައިގެން ހޮސްޕިޓަލުގައި. މީހުން ހައްޔަރުކޮށް މުއްދަތު ޖަހައިފި ނަމަ، އެ މީހުންގެ އާއިލާ ބެލެހެއްޓުމަށް. އެ މީހުން ޖަލުން ދޫކޮށްލީމައި، ލީޑާޝިޕުން ކޮންމެެވެސް އެކަކު ދާނެ އިސްތިގްބާލު ކުރަން.