އަބްދުއްލަތީފް މުހައްމަދު

އުފަން ތާރީހް: 19 އޭޕްރީލު 1969 (55 އަހަރު)

އަބްދުއްލަތީފް މުހައްމަދު

މީގެ ކުރިން އަބްދުއްލަތީފް މުހައްމަދު ވަނީ ދިއްދޫ ދާއިރާގެ ގޮނޑި ފުރުއްވައިފަ އެވެ. ހއ. ދިއްދުއަށް އުފަން ލަތީފު 2014 އިން 2019އަށް ދިއްދޫ ތަމްސީލްކުރެއްވި އިރު ރަށުގެ ތަރައްގީއަށް ވަރަށް ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން ހިންގި އެވެ. ލަތީފު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ އާއި މަގުތައް ހެދުމާއި ސްކޫލްގެ ފެންވަރު މަތިކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގައި އޭނާގެ ވަރަށް ބޮޑު ހިއްސާއެއް ވެ އެވެ. އެއީ ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ހުންނެވުމުން ފަސޭހަވި ތަރައްގީއެއް ކަމަށް ވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް އިންތިހާބުގައި އަނެއްކާވެސް އޭނާ ނުކުންނަވަނީ ސަރުކާރުގެ މެމްބަރެއްގެ ގޮތުން ޕީއެންސީންނެވެ.

ދިއްދުއަށް މި ބޭނުންވާ ޒަމާނީ ކުރިއެރުން ގެނެވޭނެ އެކަކަށް ވާނީ އަޅުގަނޑު ކަމަށް ވާތީ، އެމީހުން އަޅުގަނޑު ކައިރީގައި އެދިގެން، އަޅުގަނޑު ކައިރީގައި ބުނެގެން، އަޅުގަނޑު ކައިރީގައި މަޝްވަރާކޮށްގެން އެ ފުރުސަތު ދީފައި މި އޮތީ.