އީވާ އަބްދުﷲ

އުފަން ތާރީހް: 8 ފެބްރުއަރީ 1978 (46 އަހަރު)

އީވާ އަބްދުﷲ

އެއްވެސް ޝައްކެއް ނެތި އެނގޭ ގޮތުގައި އީވާ އަބްދުﷲއަކީ ރައްޔިތުންގެ މަޖިލިހުގައި މި ވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އަންހެން މެމްބަރެވެ. އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޮތް ތިން ފަހަރު ވެސް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ހޮވީ އީވާ އެވެ.

މިފަހަރުގެ އިންތިހާބަކީ އޭނާގެ ހަތަރު ވަނަ ވާދަކުރެއްވުމެވެ. ޖެހިޖެހިގެން ތިން ދައުރު ހޯއްދެވި މަދު މެމްބަރުންގެ ތެރޭގައި އީވާ ހިމެނިވަޑައިގެންނެވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ސަޕޯޓަރުންގެ ދެގޮތެއް ނުވި ވޯޓުގަ އެވެ. އެކަމަކު މިފަހަރު އޭނާ ނުކުންނަވަނީ އެމްޑީޕީން ވަކިވެ އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް އުފެދުނު ފަހުން މިހާތަނަށް ފެނުނު އެ މަޖިލިހުގެ އަންހެން ހަމައެކަނި ނައިބު ރައީސްއަކީ ގަލޮޅު އުތުރު ދާއިރާގެ ގިނަ ބަޔަކަށް ދޫކޮށްލަން ފަސޭހަ ކެންޑިޑޭޓަކަށް ނުވާނެ އެވެ.

ވައްކަމުގެ ހާއްޔެއްގައި އަޅުގަނޑު ތާއްޓެއް ނުވާނަން. އަމިއްލަ މަގާމެއް [ނުވަތަ] މަންފާއެއް ދިފާއުކުރުމަށްޓަކައި ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް ކަފުން ކުރާ މީހަކަށް އަޅުގަނޑު ނުވާނަން