އަބްދުލް ރަހީމް އަބްދުﷲ

އުފަން ތާރީހް: 10 ޖޫން 1958 (65 އަހަރު)

އަބްދުލް ރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލިހަށް ތިންވަނަ ދައުރަކަށް އަމިއްލަ ރަށް، ފޮނަދޫ ދާއިރާއަށް އަބްދުއްރަހީމް ވާދަކުރައްވަނީ ރައީސް މުހައްމަދު މުއިއްޒުގެ ވެސް އެންމެ އަރިސް ސިޔާސީ ލީޑަރުގެ ހައިސިއްޔަތުންނެވެ.

ސިޔާސީ ގޮތުން ބަލާ ނަމަ އަބްދުއްރަހީމް އަބްދުﷲ އަކީ މިފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެވެ. ޑީއާރުޕީގެ މެމްބަރެއްގެ ގޮތުން 2009ގައި އެންމެ ފުރަތަމަ މަޖިލިހުން ޖާގަ ހޯއްދެވި އަބްދުއްރަހީމް ޖެހިޖެހިގެން ދެ ދައުރު ލ. ފޮނަދޫ ދާއިރާ ތަމްސީލްކުރެއްވި އެވެ.

އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ރައްޔިތުންގެ މަޖިލިހުގައި 2009 އިން 2014އަށް އަބްދުއްރަހީމް ފާހަގަކުރެވުނީ އިދިކޮޅުގެ އެންމެ އަޑުގަދަ، އެންމެ ކެރޭ އެއް މެމްބަރުގެ ގޮތުގަ އެވެ. ނަމަވެސް 2019ގެ އިންތިހާބުގައި އޭނާއަށް ތިން ވަނަ ދައުރެއް ލިބިވަޑައެއް ނުގަތެވެ.

އޭގެ ފަހުން އޭނާއަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހަރަކާތުގެ އެންމެ އިސް ލީޑަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމާ އެކު މުޅި ހަރަކާތް ހިންގުމުގެ ވަގުތީ ލީޑަރަކަށް ޔާމީން ހަމަޖެއްސެވީ އޭނާ އެވެ. އެހެންކަމުން އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު އިދިކޮޅުގެ އެންމެ ގަދަ އަޑަކީ ވެސް އަބްދުއްރަހީމެވެ.

ހައްދުންމައްޗަކީ މާދަމާއަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު [ނުވަތަ] މާދަމާގެ ލޮލުން ހައްދުންމަތި ބަލާލާއިރު، އަޅުގަނޑަށް ހަމަ ގައިމު ވެސް ފެނިގެންދަނީ ދިވެހިރާއްޖޭގައި އެންމެ ތަރައްގީވެފައިވާ އަތޮޅުގެ ގޮތުގައި