ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ހަރަކާތްތައް. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ހެލްތު އެންޑް ވެލްނެސް ކޭމްޕެއް ވަނީ ބާއްވާފައި
4 ޑިސެމްބަރު 2022

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ހދ. ކުޅުދުއްފުށީގައި އިއްޔެ ހާއްސަ ހަރަކާތްތަކެއް ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ހެލްތް އެންޑް ވެލްނެސް ކޭމްޕަކާއި ރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ވަނީ ބާއްވާފަ އެވެ.

ތަފްސީލް - ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ ހެލްތު އެންޑް ވެލްނެސް ކޭމްޕްގައި:

  • މެޑިކަލް ސްކްރީންކުރުމާއި ތެރަޕީ އަދި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވޭ 

  • ކޮންސަލްޓޭޝަންތައް ފޯރުކޮށްދީފައިވަނީ ބައިނަލްއަގުވާމީ އަދި ލޯކަލް ސްޕެޝަލިސްޓުންގެ ޓީމަކުން 

  • ސްޕީޗު އެންޑް ހިއަރިން ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް އެންޑް ބިހޭވިއަ ތެރަޕިސްޓުންނާއި ޑެންޓިސްޓުންނާއި ޕީޑިއެޓްރިކް އޯތޮޕީޑިކް ތެރެޕިސްޓްސް އަދި ފިޒިއޮތެރަޕިސްޓުން ބައިވެރިވި 

  • މި ކޭމްޕްގައި ނުކުޅެދުންތެރިކަން ހުންނަ 200އަށް ވުރެ ގިނަ ކުދިންނާއި ފަރާތްތައް ވަނީ ބައިވެރިވެފައި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ހަރަކާތްތައް. (ފޮޓޯ/ދިރާގު)

ރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާ އާއި އިންކްލޫސިވް ސްޕޯޓްސް ހަވީރު ފައްޓަވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެވެ. މި އިންކްލޫސިވް ފެސްޓިވަލްގައި ކުޅުދުއްފުށިން 90އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.

ބުނީ ކީކޭ؟ - މި އިވެންޓް ފެށުމުގެ ރަސްމިއްޔާތުގައި، އެމްއޭޕީޑީގެ ޗެއާޕާސަން އަހުމަދު މުހައްމަދު ވަނީ ދިރާގަށް ޝުކުރު އަދާކުރެއްވި އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްތަކުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

" މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފެދުމާ އެކު، ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ބައިވެރިވި ބައެއް ކުދިންނަށް ބައިނަލްއަގުވާމީ ޕެރަލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ޔަގީންކަމާއި އިތުބާރު ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުޅުދުއްފުށީގައި ބޭއްވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"މުޖުތަމައުތައް ބާރުވެރިކުރުވައި މުޖުތަމައުގެ އެންމެން ޝާމިލުވާ ގޮތަށް މިފަދަ ސީއެސްއާރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް