ދެ އިރު އިރަކު ޕޮޑްކާސްޓް: ކޮން ކަހަލަ ބަލިމަޑުކަމެއްގެ އަލާމާތެއް؟

ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑް ހާއްސަކޮށްފައިވަނީ ހަކުރު ބައްޔަށް

ނޮވެމްބަރު 14 އަކީ ބައިނަލްއަގްވާމީ ގޮތުން ހަކުރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އިއްޔެ ފާހަގަކުރި މި އަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިއާރު ބާރުއަޅާފައިވަނީ މިކަމުގެ ޝިކާރައަކަށް ވެފައިވާ އެންމެން މައުލޫމާތު ހުރި، ހޭލުންތެރި ބަޔަކަށް ވުމަށެވެ. ވީމާ ދެ އިރު އިރަކު ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑް ހާއްސަ ކޮށްފައިވާނީ އެހުންތެރިންނަށް މިކަން ހާސިލްކޮށްދިނުމަށެވެ.

މިއަދުގެ ޕޮޑްކާސްޓްގައި ހޯސްޓް ޑރ. ފާތިމަތު ޝަރާ ޝަރީފްގެ މެހުމާނުންނަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޑައިބެޓީސް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ފަރާތުން މި ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސީއީއޯ އައިޝަތު ޝިރުހާނާ އާއި ޖަމިއްޔާ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާ އައިނާ އަބްދުއް ރަހްމާން (އާނަ) އެވެ.

ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި އަލިއަޅުވާލާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:

އައިނާގެ ހަޔާތުން ސޮފްހާއެއް އެހުންތެރިންނަށް ކިޔައިދޭނެ އެވެ. އައިނާ އަކީ އުމުރުން އެންމެ 7 އަހަރުން ފެށިގެން ހަކުރު ބަލީގެ ޝިކާރަޔަކަށް ވެފައިވާ ޒުވާނެކެވެ. އުއްމީދަކީ މި ބަލީގެ ޝިކާރަޔަކަށް ވެފައިވާ އިތުރު މީހުންނަށް އައިނާގެ ހަޔާތުން ހިތްވަރު ލިބި އިބްރަތެއް ހާސިލްވެގެން ދިއުމެވެ.

މީގެ އިތުރުން ހަކުރު ބައްޔަށް ސްކްރީން ކުރުމަކީ ކޮބައިކަމާއި އޭގެ މުހިއްމުކަން

ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެހުންތެރިންނަށް ކުރެވިދާނެ ބައެއް ކަންކަމާއި ގެނެވިދާނެ ބައެއް ބަދަލުތައް

ނިންމާލުމުގެ ކުރިން، ހަކުރު ބަލި ހުންނަ މީހުން ޑައިބެޓީސް ސޮސައިޓީގެ މެންބަރަކަށް ވާނެ ގޮތާއި ޖަމިއްޔާއިން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ މައްޗަށް ވެސް ވާނީ އަލިއަޅުވާލާފައި


ކޮމެންޓް

Placeholder

ދެއިރު އިރަކު ޕޮޑްކާސްޓް

ދެއިރު އިރަކު ޕޮޑްކާސްޓް