ފުލުހުންގެ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބައެއް މަސްތުވާތަކެއްޗާއި ފައިސާ: ހަ ލައްކަ ރުފިޔާ އަތުލައިގެންފައިވޭ (ފޮޓޯ/ ޕޮލިސް)

13 ކިލޯ ޑްރަގާ އެކު ހަ ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފި

މި ތަކެތި އަތުލައިގެންފައިވަނީ މާލޭގެ ދެ ގެޔަކާއި ހުޅުމާލޭ ގެސްޓްހައުސްއެއް ބަލާ ފާސްކުރުމުގެ ތެރޭގައި

ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލައިގެންފި އެވެ.

ވީ ކިހިނެއް؟ - މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ވަނީ ހާމަކުރައްވަފާ އެވެ.

ތަފްސީލު - ހަމީދު ވިދާޅުވީ، އެ ތަކެތި އަތުލައިގެންފައި ވަނީ، ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް(ޑީއީޑީ)އިން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެޔަކައި ހުޅުމާލޭ ގެސްޓްހައުސްއަކުން ކަމަށެވެ.

އަތުލައިގެންފައި ވަނީ:

  • 13.56 ކިލޯގެ ޑްރަގު

  • 644،020ރ.ގެ

"މަސްތުވާތަކެއްޗާ ދެކޮޅަށް ފިޔަވަޅު އެޅުން ކުރިއަށް ދާނެ،"ކާމިޔާބު އޮޕަރޭޝަނަށް ފަހު ހަމީދު ލިޔުއްވި އެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ އަދަދާއި އޭގެ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެވެ.

ހަމީދުގެ ޓްވީޓް

ފަސް މަންޒަރު - ގދ. އަތޮޅުގައި ފުލުހުން މިފަހުން ހިންގި އޮޕަރޭޝަނެއްގައި އެ އަތޮޅު ހޯޑެއްދޫ އާއި ފަޅު ރަށަކުން ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލައިގައި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް