އޮލިވިއާ ނިއުޓަން ޖޯން

މިއުޒިކް

ފިލްމު 'ގްރީސް'ގެ ތަރި އަދި ލަވަކިޔުންތެރިޔާ އޮލިވިއާ ނިއުޓަން-ޖޯން މަރުވެއްޖެ

އޮލިވިއާ އަކީ 1970ގެ އަަހަރުތަކުން ފެށިގެން މަޝްހޫރުކަން ހޯދި، މަގުބޫލު ގިނަ ލަވަތަކެއް ކިޔާފައިވާ ފަންނާނެއް
9 އޯގަސްޓު 2022

އޮސްޓްރޭލިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ އޮލިވިއާ ނިއުޓަން-ޖޯން މަރުވެއްޖެ އެވެ.

އުމުރުން 73 އަހަރުގައި އޮލިވިއާ މަރުވީ ގިނަ އަހަރުތަކެއް ވަންދެން އުރަމަތީގެ ކެންސަރާ ހަނގުރާމަ ކުރުމަށް ފަހު އެވެ. އޭނާގެ ފިރިމީހާ ޖޯން ޓްރަވޯލްޓާ އާންމު ކުރި ސްޓޭޓުމެންޓެއްގައި ބުނީ އޮލިވިއާ މަރުވީ އެމެރިކާގެ ކެލިފޯނިއާގައި ހޯމަ ދުވަހު ހެނދުނު ކަމަށެވެ.

ޖޯން ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާ އަށް ޕްރައިވެސީ އާއި އެއްބާރުލުން ދިނުމަށް އެދިފަ އެވެ.

އޮލިވިއާ އަކީ 1970ގެ އަަހަރުތަކުން ފެށިގެން މަޝްހޫރުކަން ހޯދި، މަގުބޫލު ގިނަ ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި 'އިފް ނޮޓް ފޯ ޔޫ'، 'ލެޓް މީ ބީ ދެއާ' އަދި 'ހޭވް ޔޫ ނެވާ ބީން މެލޯ' ހިމެނެ އެވެ.

އޭނާ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ ޖޯން އާއެކު ހިޓް މިއުޒިކަލް ފިލްމު 'ގްރީސް'ގައި ކުޅުނު ސޭންޑީގެ ރޯލުންނެވެ. މީގެ އިތުރުން އެ ފިލްމަށް އޮލިވިއާ ކިޔާފައިވާ ލަވަތަކަކީ ވެސް އެ ދުވަސްވަރުގެ އެންމެ މަގުބޫލު ލަވަތަކެވެ.

އޭނާގެ އެންމެ މަޝްހޫރު ލަވައަކީ 1981 ވަނަ އަހަރު ނެރުނު 'ފިޒިކަލް' އެވެ. ގާތްގަނޑަކަށް 10 ހަފްތާ ވަންދެން ޗާޓުތަކުގެ އެއްވަނައިގައި އޮތް އެ ލަވައަކީ 80ގެ އަހަރުތަކުގެ ހުރިހާ ރެކޯޑެއް މުގުރާލި ލަވައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް