ގަތަރު ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ގާނާ އަތުން 2-0އިން މޮޅުވިޔަސް އުރުގުއޭ ކެޓުމުން ސުއަރޭޒް ރޮނީ

ސުއަރޭޒަށް ވެސް މިވަގުތު ހިތްހަމަޖެހުން ހޯދެން އޮތީ ރާއްޖެއިން

އުރުގުއޭގެ ފޯވަޑްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅަ އެތައް ތަރިންނެއް ވަނީ ރާއްޖެއަށް މިސްރާބު ޖަހާފައި
5 ޑިސެމްބަރު 2022
1

މިދިއަ ހުކުރުދުވަހުގެ ރޭ ގަތަރު ވޯލްޑް ކަޕްގައި ގާނާ އަތުން މޮޅުވިޔަސް އުރުގުއޭ މުބާރާތުން ކެޓި ކެޓުމުން ލުއިސް ސުއަރޭޒް ރޮމުން ދިޔަ މަންޒަރު މުޅި ދުނިޔެއަށް ފެނުނެވެ.

ކެރިއަރުގެ އެންމެ ފަހު ވޯލްޑް ކަޕުން އެގޮތަށް ކެޓުމަކީ ކުޅުންތެރިޔަކަށް ލިބޭނެ ވަރަށް ބޮޑު ހިތާމައެކެވެ. ގާނާ ކޮޅަށް ފަހު ވަގުތު ފޮނުވާލި ބޯޅަތަކުން އެންމެ ބޯޅައެއް ގޯލަށް ވަނަސް، މިރޭ ބްރެޒިލްއާ ދެކޮޅަށް ސުއަރޭޒް ހުންނާނީ ދަނޑު މަތީގަ އެވެ.

އުރުގުއޭގެ ފޯވަޑް ލުއިޒް ސުއަރޭޒް، ޗުއްޓީގައި ރާއްޖެ އައިސް އެއާޕޯޓްގައި

ނަމަވެސް އުމުރުން 35 އަހަރުގެ ކުޅުންތެރިޔާގެ ނަސީބުގައި އެ ސަފުހާއެއް މިފަހަރު ލިއެފައެއް ނެތެވެ. އެހެންކަމުން އެ ހިތާމަ ފިލުވާލަން އޭނާ ބޭނުންވީ ރަނގަޅު ޗުއްޓީއެކެވެ. އެކަމަށް އެންމެ ފުރިހަމަ ތަނަކަށް ފެނުނީ ރާއްޖެ އެވެ.

އާއިލާއާ އެކު ސުއަރޭޒް އިއްޔެ ރާއްޖެ އައިސް މިހާރު ޗުއްޓީ ހޭދަކުރަމުން ގެންދަނީ،'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓް ސިޔާމް ވޯލްޑްގަ އެވެ.

ވޭލްސްގެ ކީޕަރު ވޭން ހެނެސޭ، ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް އެއާޕޯޓްގެ ފާލަން މަތީގައި

ސުއަރޭޒްގެ އިތުރުން ވޯލްޑް ކަޕް ނިމުނު އެހެން ބައެއް ޓީމުތަކުގެ ކުޅުންތެރިން ވެސް މިސްރާބު ޖަހާފައިވަނީ ރާއްޖެ އަށެވެ. އޭގެ ތެރޭގައި މުބާރާތުގެ އެންމެ ފުރަތަމަ ރަތް ކާޑު ލިބުނު ވޭލްސްގެ ކީޕަރު ވޭން ހެނެސޭ ހިމެނެ އެވެ. އޭނާ މިވަގުތު ހުރީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓް ކަމަށްވާ ވެލްޑޮފް އެސްޓޯރިއާގަ އެވެ.

ކޮމެންޓް (1)

ބެންޓޯ ބޮކްސް

6 ޑިސެމްބަރު 2022
ބެންޓޯ ކުރި މަސައްކަތް ރަގަޅުކަމަށް ބަލަން ޖެހޭނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް