ޗެލްސީން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށި ހޯދި އިރު ކުޅުންތެރިން އުފާ ފާޅުކުރަނީ: ޗެލްސީން އަންނަނީ ބޮޑު ހޭދައެއް ކުރަމުން

ޗެލްސީ

ޗެލްސީން ކަންތައްކުރި ގޮތުން ޔުއެފާއިން އުސޫލު ބަދަލުކުރަނީ

ފަހުން ގަތް ކުޅުންތެރިންނާ އެކު ދިގު މުއްދަތުގެ އެއްބަސްވުންތައް ހެދީ ޓްރާންސްފާ ފީ ބަހާލަން
25 ޖެނުއަރީ 2023

ކުޑަކުޑަ ބާގަނޑެއް ފެނުނަސް އޭގެ ނަހަމަ ބޭނުން ކުރަން ތިބެނީ ތައްޔާރަށެވެ. ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) އަކީ މުއްސަނދި ކްލަބްތަކުން ފުޓްބޯޅައިގެ ކުޅުންތެރިންގެ ބާޒާރުގައި ނާޖާއިޒު ކޮންޓްރޯލްތަކެއް ނެގިޔަ ނުދޭން ކަނޑައަޅާފައި އޮންނަ އުސޫލެކެވެ.

ޔުއެފާގެ އެ އުސޫލުގައި ކުޅުންތެރިޔަކު ގަންނަން ކްލަބުން ހޭދާކުރާ ފައިސާ ބަހާލަންވީ ވަކި މުއްދަތެއް ނެތެވެ. އެހެންކަމުން ޗެލްސީން މި ފަހުން ގެނައި ބައެއް ކުޅުންތެރިންނާ އެކު ސޮއިކުރީ ނިސްބަތުން ދިގު މުއްދަތަކަށެވެ. ބައެއް ކުޅުންތެރިން ހަ އަހަރަށް، އަނެއް ބައި ކުޅުންތެރިން ހަތް އަހަރަށް އަދި އަށް އަަހަރަށެވެ.

މިސާލަކަށް އެންމެ ފަހުން 106 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ)އަށް ގެނައި ޔުކްރެއިންގެ ވިންގާ މިކައިލޯ މުޑްރިކްއާ އެކު ސޮއިކުރީ އަށް އަހަރާއި ބައިގެ އެގްރިމެންޓެއްގަ އެވެ. އޭގެ މާނައަކީ އޭނާ ގެންނަން ހޭދަކުރި ފައިސާ އެ މުއްދަތަށް ބަހާލުމެވެ. އެހެންކަމުން ޖެހެނީ އަހަރަކަށް ގާތްގަނޑަކަށް 13 މިލިއަން ޑޮލަރެވެ.

ޔުއެފާއިން ހަމަޖައްސަން އުޅެނީ ކުޅުންތެރިޔަކު ގަންނަން ހޭދަކުރާ ފައިސާ އެންމެ ގިނަވެގެން ވެސް ބައިކޮށްލެވޭނީ ފަސް އަހަރަށް ކަމަށެވެ. މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ހުޅުވޭ އިރު އެ އުސޫލަށް އަމަލްކުރަން ޖެހޭނެ އެވެ. އެކަމަކު މިހާރު ނިމިފައި ހުރި އެއްބަސްވުންތަކަށް އޭގެ ސަބަބުން އަސަރެއް ނުކުރާނެ އެވެ.

މިދިއަ ހޫނު މޫސުމުގެ ޓްރާންސްފާ މުއްދަތުން ފެށިގެން މިހާތަނަށް ޗެލްސީން ވަނީ 540 މިލިއަން ޑޮލަރު (8.3 ބިލިއަން ރުފިޔާ) ކުޅުންތެރިން ގެންނަން ހޭދަކޮށްފަ އެވެ. ނަމަވެސް ދިގު މުއްދަތުގެ އެއްބަސްވުންތަކުގެ ސަބަބުން އެފްއެފްޕީއާ ޗެލްސީން ހިލާފެއް ނުވެ އެވެ.

ދަރަނީގެ ބުރައިން ކްލަބްތައް ސަލާމަތްކުރުމަށްޓަކައި ހަމަޖައްސާފައިވާ އެފްއެފްޕީގެ ދަށުން ކްލަބްތަކަށް ކުޅުންތެރިން ގެންނާށާއި މުސާރައަށާއި އެޖެންޓުންގެ ފީއަށް ހޭދަކުރެވޭނީ ލިބޭ އާމްދަނީގެ %70 އެވެ. ނަމަވެސް މިހާރު ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބްތައް، ބޮޑެތި މަހުޖަނުން ކޮންޓްރޯލްކުރާތީ، އެފަދަ އުސޫލެއް ނެތް ނަމަ، ފައިސާގެ މުއާމަލާތްތައް އަތް ނުފޯރާ ފަށަށް ވެސް ދިއުން އެކަށީގެންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް