އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުން (ކ-ވ): ގާނޫނީ ވަކީލު ނާޒިމް ސައްތާރު، ފުލުސް އޮފިސަރެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއު އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު (ކާނަލް).

ފުލުހުން

ބަރަހަނާ ވީޑިއޯތަކާ ގުޅިގެން ނަޝީދާއި އިތުރު މީހަކު ހައްޔަރުކޮށް ފުލުހުން ބުނީ ނުފޫޒެއް ނެތް ކަމަށް

ނާޒިމް ހައްޔަރުކުރުމަށް، އޭނާ ހުންނެވި ރިސޯޓަށް ދާން ފުލުހުން މަސައްކަތްކުރަމުން އަންނަކަން އެނގިފައިވޭ
28 ޖުލައި 2022

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ. އަދި ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި ފުލުހުންނަށް އެއްވެސް ނުފޫޒެއް ފޯރާފައެއް ނުވެ އެވެ.

ފެށުން - ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް އާއެކު، މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކުކުރަން ފަށައިފަ އެވެ. މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ އަލަމްގީރް އާއެކު ގިނަ ބަޔަކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

 އެ ކޮޓަރި ތެރޭގައި އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ކަމަށް ބުނެ މީގެ ކުރިން ތިން މީހެއްގެ ވީޑިއޯ ލީކުކޮށްލާފައިވެ އެވެ. އެ ވީޑިއޯތަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންނަކީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު

  • ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)

  • ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ފުލުހެއް

ބުނީ ކީކޭ؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމެއް ނުކުރެ އެވެ.

ނަމަވެސް، ހައްޔަރު ކުރި މީހުންގެ ތެރޭގައި ނަޝީދު ހިމެނޭކަން 'ދައުރު'އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

ނާޒިމް އަދި ހައްޔަރުކުރެވިފައި ނުވަނީ އޭނާ ރިސޯޓެއްގައި ހުރުމުންނެވެ. އޭނާ ހައްޔަރުކުރަން އެ ރިސޯޓަށް ދިޔުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަން ވަނީ އެނގިފަ އެވެ.

އެނގުން މުހިއްމު - ނާޒިމް ވަނީ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެ ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވެފައި ވަނީ އޭނާ އެ ކޮޓަރިއަށް ގެންދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ބުނެ ކަމަށާއި އޭނާ ބްލެކްމެއިލްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުނު ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގި ކަމަށް އޭނާ އިންކާރު ކުރައްވަ އެވެ.

ތަހުގީގު ކުރުމަށް ވަގުތު ބޭނުންވޭ: ފުލުހުން

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯ އާއި ފޮޓޯތައް ލީކުކޮށްލި ވަގުތު ބައެއް މީހުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް މީހުން ހިމެނޭ ކަމަށް ގަސްތުގައި ދޮގު ހަބަރު ފަތުރާފައިވާ ކަމަށާއި އެގޮތުން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާއީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަ ކަމަށެވެ.

އެފަދަ ފޮޓޯ އާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާ މެދު އެޅުމުގެ ކުރިން ވީޑިއޯ އާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް ފޮރެންސިކް ސާވިސްއިން ކޮށް، ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް، އެފަދަ ހެކިތަކުގައި ހިމެނޭ މީހުންގެ ވަނަވަރު ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ވެސް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ ފޮރެންސިކް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ ހެކިތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތްތައް ހިންގަމުންދާ ކަމަށެވެ.

އެގޮތުން، ތަހުގީގަށް މީހުން ހައްޔަރުކުރުމާއި އެފަދަ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ، ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މީހުން ނިސްބަތްވާ އޮފީސްތަަކަށް، އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

'އެއްވެސް ނުފޫޒެއް ނުފޯރުވާ'

މި މައްސަލައާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑުޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާ ކަމަށް ފަތުރާފައިވާ ހަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެއްވެސް ފަރާތަކުން މި މައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށެވެ.

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގުން މުހިއްމު - އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަމުން ދާއިރު، އެ ވީޑިއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރަމުންދާ ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އޭގެ ތެރޭގައި ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް