ބޮޑު މެދުކެނޑުމަށް ފަހު ޗައިނާ ފަތުރުވެރިން ގޮވައިގެން މިދިޔަ ބުދަ ދުވަހު ރާއްޖެ އައި އެ ގައުމުގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ބޯޓު ވީއައިއޭގައި. (ދައުރު ފޮޓޯ)

ހަފްތާއެއް ނުވަނީސް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާ

ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މިދިޔަ ބުދަ ދުވަހު
22 ޖެނުއަރީ 2023

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ލިސްޓުގެ ނުވަ ވަނައިގައި ޗައިނާ ހިމެނިއްޖެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ ނުވައެއްގައި ޗައިނާ މި ހިމެނުނީ، ކޮވިޑަށް ފަހު އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށިތާ އެންމެ ފަސް ދުވަހުގެ ތެރޭގަ އެވެ.

އެނގުން މުހިއްމު - ޗައިނާ އިން އެ ގައުމުގެ ރައްޔިތުންނަށް ގައުމުން ބޭރަށް ޗުއްޓީ ހޭދަކުރަން ދިއުމަށް ބާރުއަޅަން މި ފެށީ، އެ ގައުމުގައި ކޮވިޑުގެ ހާލަތު ރަނގަޅުވެ 'އާންމު ހާލަތަކަށް' ގައުމު ގޮސްފައިވާ ކަމަށް ކަނޑައެޅުމުންނެވެ. ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި 115،177 ފަތުރުވެރިންގެ ތެރެއިން:

  • 2،239 ފަތުރުވެރިންނަކީ ޗައިނާ މީހުން 

  • އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ %1.9

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކަކީ:

  • 1-

    ރަޝިއާ - 16،974 ފަތުރުވެރިން

  • 2-

    އިޓަލީ - 11،764 ފަތުރުވެރިން

  • 3-

    އިންޑިއާ - 11،164 ފަތުރުވެރިން

  • 4-

    އިނގިރޭސިވިލާތް - 9،507 ފަތުރުވެރިން

  • 5-

    ޖަރުމަނު - 6،731 ފަތުރުވެރިން

  • 6-

    އެމެރިކާ - 5،455 ފަތުރުވެރިން

  • 7-

    ފްރާންސް - 4،064 ފަތުރުވެރިން

  • 8-

    ކަޒަކިސްތާން - 2،354 ފަތުރުވެރިން

  • 9-

    ޗައިނާ - 2،239 ފަތުރުވެރިން

  • 10-

    ދެކުނު ކޮރެއާ -2،137 ފަތުރުވެރިން

ފާހަގަކޮށްލެވޭ ކަމެއް - ޗައިނާ ޓޫރިސްޓުން ރާއްޖެއަށް އަންނަން ފެށުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯ އިން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޗައިނާ ޓޫރިސްޓުންނަކީ ރާއްޖެ އަންނަ ޖުމްލަ ޓޫރިސްޓުންގެ %10އަށް ވާނޭ ކަމަށް އެ ޖަމިއްޔާ އިން ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ގައުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް