ރޯދަމަހަކީ މީރު ރަހަތަކުގެ މައްސަރެވެ. މުޅި ދުވަހު ނުކައި ތިބެފައި ރޯދަ ވީއްލާ ވަގުތަށް ތަފާތު މީރު ކެއުންތައް ތައްޔާރުކުރުމަކީ ދިވެހީންގެ ޒަމާންވީ ސަގާފަތެކެވެ. ރޯދަމަހާ އެކު ގިނަ ބަޔަކު އެންމެ ސަމާލުކަންދޭ އެއް ކަންތަކަކީ ވެސް ތަފާތު ރެސިޕީތައް އެއްކޮށް އާ ވައްތަރު ވައްތަރުގެ ކެއުންތައް ތައްޔާރުކުރުމެވެ.
އެހެންވެ 'ދައުރު' އިން މި ރޯދަ މަހު މި ގެނެސްދެނީ ތަފާތު ކެއުންތައް ތައްޔާރުކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯ ޝޯ އެކެވެ. 'ރަހަމީރު'ގެ ނަން ދީފައިވާ މި ޝޯ 'ދައުރު'ގެ ސޯޝަލް މީޑިއާ އިން ކޮންމެ ދެ ދުވަހުން އެއް ދުވަހު ލައިވްކުރާނެ އެވެ.
މި ޝޯގެ އެކްސްކްލޫސިވް ސްޕޮންސަރަކީ 'ހެޕީ މާކެޓް' އެވެ. އަދި 'ސީ ހައުސް' އިން ވެސް ޕާޓްނާވެ އެވެ.
މިއަދުގެ ރެސިޕީއަކީ ބީފް ރެޕް އެވެ.
ބޭނުންވާނެ ތަކެތި:
ބީފް ރެޕް
200 ގްރާމް އެލަނާ ބީފް ޗަންކްސް
20 ގްރާމް އޯލްޑެންބާގާ ބަޓާ
2 ބެގާ ސުޕަ ސްލައިސް ޗީޒް
1 ޓޯޓިޔާ ބްރެޑް
50 ގްރާމް ފިޔާ
15 ގްރާމް ލޮނުމެދު
50 ގްރާމް ލެޓިއުސް އަދި ބެލްޕެޕާ
5 ގްރާމް ލޮނު، އަސޭމިރުސް، ޕެޕްރިކާ އަދި މިކްސް ހާބްސް
ކޮމެންޓް
(1)