އެޑްވަޓޯރިއަލް

ޕެއިންޓް ސެންޓަރުން ވިޔަފާރިކޮށްގެން ފުށިފަރުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު

މި ޕްރޮމޯޝަންގެ ދަށުން ޕެއިންޓް ސެންޓަރުން ވިއްކާ ހުރިހާ އުފެއްދުންތަކަކުން %10އާ ހަމައަށް ޑިސްކައުންޓް ލިބޭނެ
16 އޭޕްރީލު 2022

މުނި ހޯމްކެއާގެ ޕެއިންޓް ސެންޓަރުން ވިއްކާ އުފެއްދުންތަކަށް ހާއްސަ، 'ވިޒިޓް އެންޑް ވިން' ޕްރޮމޯޝަނެއް ފަށައިފި އެވެ.

ތަފްސީލް - އަންނަ ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން:

  • ޕެއިންޓް ސެންޓަރުން ވިއްކާ ހުރިހާ އުފެއްދުންތަކަކުން %10އާ ހަމައަށް ޑިސްކައުންޓް ލިބޭނެ

  • ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ވިޔަފާރިކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، ފުށިފަރު ރިސޯޓުގައި ދެ ރެއަށް، ދެ މީހެއްގެ ހުރުން ލިބޭނެ

މުނި ހޯމްކެއާގެ ޕެއިންޓް ސެންޓަރުން ވިއްކަނީ ރާއްޖޭގެ މާހައުލާ ގުޅޭ، ޔޫރަޕުގެ އެންމެ ފެންވަރު ރަނގަޅު ބްރޭންޑުތަކެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭ ދެ ބްރޭންޑަކީ:

  • ގްރީސްގެ ވިޓެކްސް

  • އިޓަލީގެ ސެން މާކޯ

ވިޓެކްސް ޕެއިންޓްސް

ވިޓެކްސް އަކީ ގްރީސްގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުން ވިޓެކްސްގެ ތަފާތު ބާވަތްތަކުގެ ކުލަ އަދި ލަކުޑީގައި ލާން ބޭނުންކުރާ ވަރުނީސް ވިއްކަ އެވެ.

ވިސްޓާ އެމަލްޝަން

- އިންޓީރިއާއަށް ހާއްސަ ކުލައެއް - ގިނަގިނައިން ކުލަ ލާން ޖެހުމަށް އޮތް ހައްލެއް - 15-30 މިނެޓުން ހިކޭ - ފާރުގައި ހުންނަ އައިބުތައް ފޮރުވާލަން ފަސޭހަ، ވަސް މަޑު ކުލައެއް - މެޓް ފިނިޝްއެއް - 3 ލީޓަރު: 160ރ. - 9 ލީޓަރު: 460ރ. - 15 ލީޓަރު: 736ރ.

ވީޓޯ އެކްރިލިކް

- ފާރުގެ ފިނިހޫނުމިން ދަށްކޮށްދޭ، ފިނިކޮށްދޭ ކުލައެއް - އެކްސްޓީރިއާ ނުވަތަ ބޭރު ފާރުތަކަށް ހާއްސަ - ފާރުގައި ހުންނަ އައިބުތައް ފަސޭހައިން ފޮރުވާލާ - ފާރުގައި ލުމަށް ފަހު ހިކެން ނަގަނީ 30-60 މިނެޓު

ވިޓެކްސް ކިޗަން އެންޑް ބާތު

- ބަދިގެ އާއި ފާހާނާ ފަދަ ފެނުގެ އަސަރު ބޮޑަށް ކުރާ ތަންތަނަށް ހާއްސަ - އެންޓި ފަންގަސް/މޯލްޑް - 750 އެމްއެލް، 3 ލީޓަރު އަދި 9 ލީޓަރުގެ ޓައްޕު ލިބޭ

ވިސްޓޯ ރެޑީ ސްމޫތު ވޯލް ޕުޓީ

- 2-3 ގަޑިއިރު ތެރޭ ހިކޭ - ޕްލާސްޓާ، ޖިޕްސަމްބޯޑު އަދި ކޮންކްރީޓް ފަށަލަތަކުގައި ބޭނުން ކުރެވޭ - 5 ކިލޯ އާއި 18 ކިލޯގެ ޓައްޕު ލިބޭ

ވިޓެކްސް ޓީކް އޮއިލް

- އެކި ބާވަތުގެ ލަކުޑިން ހަދާފައި ހުންނަ ފަރުނީޗަރުގައި ލާ ވަރުނީހެއް - ހާޑްވުޑް (ޓީކް، އޯކް، މެހަގޮނީ، އޮރީގަން)އަށް ހާއްސަ - އިންޓީރިއާ އަދި އެކްސްޓީރިއާގައި ބޭނުން ކުރެވޭނެ - ޓީކް އޮއިލް އުފައްދާފައިވަނީ ގުދުރަތީ ތެލާއި ވެކްސް ބޭނުންކޮށްގެން - އަވި އަދި ފެނުން ފަރުނީޗަރަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ - ޓީކް އޮއިލްގެ ލިބެން ހުންނަނީ 750 އެމްއެލްގެ ދަޅު

ވިޓެކްސް ޑެކިން އޮއިލް

- ވުޑް ޑެކުތައް ވޯޓާޕްރޫފްކޮށް ރައްކާތެރިކޮށްދޭ އުފެއްދުމެއް - ކެމިކަލް އަދި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިކޮށްދޭ - ޑެކިން އޮއިލް ލިބެން ހުންނަނީ 2.5 ލީޓަރާއު 5 ލީޓަރުގެ ޓައްޕުގައި

ސެން މާކޯ

ސެން މާކޯ މަޝްހޫރު ވެފައި ވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އުފައްދާފައިވާ ފެންވަރު ރަނގަޅު ކުލަ ބްރޭންޑެއްގެ ގޮތުގަ އެވެ. މިއީ ޑެކަރޭޓިވް ޕެއިންޓަށް ހާއްސަ އިޓަލީގެ ބްރޭންޑެކެވެ. މި ބްރޭންޑުގެ އަނެއް ސިފަ އަކީ މިއީ އަވަހަށް ހިކޭ، ވަސް ދުވުން ކުޑަ ޕެއިންޓެކެވެ.

މުނި ހޯމްކެއާގެ ޕެއިންޓް ސެންޓަރުން ސެން މާކޯގެ ޕްރައިމާ އާއި ބޭސް ކޯޓަށް ބޭނުންވާ ކުލައިގެ އިތުރުން، މި ބްރޭންޑުގެ ލަގްޒަރީ ޑެކަރޭޓިވް ސީރީޒް، 'މާކޮޕޯލޯ'ގެ ތަފާތު އެކި ކުލަ ގަންނަން ލިބޭނެ އެވެ.

ޑެކަރޭޓިވް ސީރީޒް

- އެކި ޑިޒައިންތަކުގެ ފިނިޝް ގެނެވޭ - ހިކެން ނަގަނީ 30 މިނެޓު - 800ރ. އާއި 1،300ރ.އާ ދެމެދުގެ އަގުތަކެއް

ސެން މާކޯ ޑެކަރޭޓިވް ސީރީޒް ކުލަތަކުގެ ފިނިޝިން ހުންނަ ގޮތުގެ މިސާލެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގަތުމުގެ ކުރިން ކުލަ ހުންނާނެ ގޮތް ބަލައިލެވޭ

އާންމުކޮށް ކުލަ ގަތުމުގެ ކުރިން ފެންނަނީ އެ ކުލައެއްގެ ފޮޓޯއެކެވެ. ބައެއް ފަހަރު ކުލަ ގަނެގެން ގޮސް ލާއިރު، އެ ފޮޓޯއިން ފެނުނު ގޮތާ ތަފާތުވާ ފަހަރު ވެސް އާދެ އެވެ. މިކަމުގެ ހައްލެއްގެ ގޮތުން ޕެއިންޓް ސެންޓަރުން ވިއްކާ އުފެއްދުންތަކުގެ 'ޓަޗް އެންޑް ފީލް' ސާމްޕަލްތަކެއް ވަނީ ބަހައްޓާފަ އެވެ. ގަންނަން ބޭނުންވާ ކުލަ، ފާރުގައި ލުމުން ހުންނާނެ ގޮތް އެ ސާމްޕަލްތަކުން ދެނެގަނެވޭނެ އެވެ.

މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުގައި ހުރި 'ޓަޗް އެންޑް ފީލް' ސާމްޕަލްތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މުނި ހޯމްކެއާގެ ޕެއިންޓް ސެންޓަރު ހުންނަނީ ނިކަގަސް ހިނގުމުގަ އެވެ. އެ ތަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު:

  • ހެނދުނު 9އިން 12އަށް

  • މެންދުރު 1:30އިން 5އަށް

  • ރޭގަނޑު 8:30އިން 11އަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް