ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. މާޅޮހުގައި. (ފޮޓޯ/ކެމްޕޭން ޓީމް)

ގަދަ ވިއްސާރައިގައި މާޅޮހުން ރައީސަށް ހޫނު މަރުހަބާއެއް

މާޅޮހަށް ވަޑައިގެން ރައީސް ވަނީ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާފައި؛ މިއަދު ދެން އެ މަނިކުފާނު ވަޑައިގަންނަވާނީ އދ. ދަނގެއްޗަށް
24 ޖެނުއަރީ 2023

އއ. މާޅޮސް - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މި ރަށަށް ވަޑައިގަތުމުން، ސަޕޯޓަރުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު މި ރަށަށް ވަޑައިގެންނެވި ވަގުތު ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް، ބަނދަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން، ކުޑަ ނަގައިގެން އެ މަނިކުފާނަށް މަރުހަބާ ކިޔަން ގޮސް ތިއްބެވެ.

ރައީސް ސޯލިހު  މާޅޮހުގައި. (ފޮޓޯ/ކެމްޕޭން ޓީމް)

ތަފްސީލު - ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިއްޔެ އާއި މިއަދު ދަތުރުކުރައްވަމުން ގެންދަވަނީ ކ. އަތޮޅާއި އއ. އަދި އދ. އަތޮޅަށެވެ. އެގޮތުން:

  • އިއްޔެ އެ މަނިކުފާނު ވަނީ ކ. ގުރައިދޫ އާއި ކާށިދޫ އަދި އއ. ތޮއްޑުއަށް ވަޑައިގެން، އެ ރަށްރަށުގެ ކެމްޕޭން ޓީމުތަކާއި ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި

  • މިއަދު މާޅޮހަށް ފަހު ދެން އެ މަނިކުފާނު ވަޑައިގަންނަވާނީ އދ. ދަނގެއްޗަށް 

  • ކެމްޕޭންގެ އެންމެ ފަހު މަންޒިލަކީ އައްޑޫ

އިތުރު އާޓިކަލް

އިތުރު އާޓިކަލް