އެޑްވަޓޯރިއަލް

ރަންފައުން ހާޑްވެއާ: އިތުބާރު ހިފޭ ބްރޭންޑުތައް ހެޔޮ އަގުތަކުގައި

އިލެކްޓްރޯނިކްސް ވިޔަފާރިން ލިބުނު ތަޖުރިބާއާ އެކު ރަންފައުނުން ހާޑްވެއާ ފިހާރައެއް ހުޅުވީ ފެންވަރު ރަނގަޅު އުފެއްދުންތަކާ އެކު
28 ސެޕްޓެމްބަރު 2022

'ރަންފައުނު' އަކީ ދިވެހިންނަށް މިހާރު އާ ނަމެއް ނޫނެވެ. އާންމުންގެ އިތުބާރު ލިބިފައިވާ ކޮލެޓީ ރަނގަޅު އިލެކްޓްރޯނިކްސް އުފެއްދުންތައް ވިއްކާތާ މިހާރު  އަހަރުތަކެއް ވެއްޖެ އެވެ. ވަރަށް ސާދާާކޮށް، އޮންލައިން ޕޭޖަކުން ފެށި ވިޔަފާރި ފުޅާކޮށް، މާލޭގައި ފިހާރައެއް ހުޅުވީ މީގެ ހައެއްކަ އަހަރު ކުރިންނެވެ. މިހާރު އެއީ ދިވެހިންގެ މެދުގައި މަގުބޫލު، ޖަޕާނުގެ ޕެނަސޮނިކް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. 

މިދިޔަ ހަ އަހަރުގެ ތެރޭގައި ވިޔަފާރީގައި ރަންފައުނަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. އޭގެ ނަތީޖާ އަކީ އެ ކުންފުނިން މި މަހު ކުރީކޮޅު މުޅިން ތަފާތު ދާއިރާއެއްގެ ވިޔަފާރިއެއް ފެށުމެވެ. އިލެކްޓްރޯނިކްސް ވިޔަފާރިން ލިބުނު ތަޖުރިބާއާ އެކު އެ ކުންފުނީގެ ވިޔަފާރި، ހާޑުވެއާގެ ބާވަތްތަކަށް ވެސް ފުޅާކޮށް، މި މަހުގެ 2ގައި 'ރަންފައުނު ހާޑްވެއާ'ގެ ނަމުގައި ފިހާރައެއް ވަނީ ހުޅުވާފަ އެވެ.

  • ރަންފައުން ހާޑްވެއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ރަންފައުން ހާޑްވެއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ރަންފައުން ހާޑްވެއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ރަންފައުން ހާޑްވެއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަލަށް ހުޅުވި އެ ފިހާރަ އިން ހާޑްވެއާ ފިހާރައަކުން ފެންނަން ޖެހޭ ގާތްގަނޑަކަށް ހުރިހާ ސާމާނު ލިބެން ހުރެ އެވެ. އެގޮތުން:

  • ޓޫލްސް އާއި ޓޫލް ކިޓު

  • އެކި ބާވަތްތަކުގެ ކުލަ އާއި ކުލަލާން ބޭނުންކުރާ ސާމާނު

  • ކަރަންޓު މަސައްކަތަށް ބޭނުންވާ ސާމާނު؛ ފާހަގަކޮށްލެވޭ ބައެއް ބްރޭންޑުތަކުގެ ތެރޭގައި ލިޓަފްލެކްސް، އޭބީބީ، ހެގާ އަދި ކްލިޕްސަލް ފަދަ ބްރޭންޑުތައް ހިމެނޭ

  • ސެސްސީޖީ ބްރޭންޑުގެ އެސްލޯން ހޮޅި އާއި ފިޓިންސް

  • ފަރުނީޗަރު ފިޓިންސް

  • ރެޑްފޮކްސް ބްރޭންޑުގެ ސްޕްރޭ

  • ޕެނަސޮނިކް ބްރޭންޑުގެ ވޯޓާ ހީޓަރު

  • ރަންފައުން ހާޑްވެއާ އިން ވިއްކާ ޕެނަސޮނިކް ބްރޭންޑުގެ ބައެއް ތަކެތި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ރަންފައުން ހާޑްވެއާ އިން ވިއްކާ ބައެއް ތަކެތި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ރަންފައުން ހާޑްވެއާ އިން ވިއްކާ އެކި ބާވަތްތަކުގެ ފިޓިންސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ރަންފައުން ހާޑްވެއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ރަންފައުން ހާޑްވެއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރަންފައުނު ހާޑްވެއާގެ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލައި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ތަންތަނާއި އަތޮޅުތަކާއި ރިސޯޓުތަކުގެ ބޯޓުފަހަރުތައް ވެސް ހިމެނެ އެވެ.

އެ ކުންފުނިން ދޭ ޔަގީންކަމަކީ ރާއްޖޭގެ އެހެން ހާޑުވެއާ ފިހާރަތަކާ އަޅާބަލާއިރު ރަންފައުނު ހާޑްވެއާގެ އަގުތައް ހެޔޮވާނެކަމެވެ. ވަކިން ހާއްސަކޮށް، އެ ކުންފުނިން ބުނާ ގޮތުގައި، ހޯލްސޭލް ކަސްޓަމަރުންނަށް ވަރަށް ރަނގަޅު އަގެއް ލިބޭނެ އެވެ.

ރަންފައުނު ހާޑްވެއާ ހުންނާނީ ޖަނަވަރީ ހިނގުމުން އައިސް ލޮނުޒިޔާރަތް މަގަށް އަޅާލާއިރު މަގުގެ ވައަތްފަޅީގަ އެވެ. އެ ފިހާރަ ހުޅުވާ ގަޑިތަކަކީ:

  • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 8:30 - ރޭގަނޑު 10 އަށް

  • ހުކުރު ދުވަސްތަކުގައި މެންދުރު 2 - ރޭގަނޑު 10 އަށް

ރަންފައުނު

  • ވިޔަފާރި ފެށީ އިލެކްޓްރޯނިކްސް ސާމާނު ވިއްކާ އޮންލައިން ޕޭޖެއްގެ ގޮތުގައި

  • އިލެކްޓްރޯނިކްސްއަށް ހާއްސަ ޝޯރޫމެއް ހުޅުވީ 2016 ވަނަ އަހަރު

  • ރަންފައުނުން ވިއްކާ އިލެކްޓްރޯނިކްސް އުފެއްދުންތަކުގެ ތެރޭގައި ޓީވީ އާއި އޭސީ ފަދަ ހޯމް އެޕްލަޔަންސްތައް، ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އުފެއްދުންތައް އަދި ސްމާޓްފޯނު ހިމެނޭ

  • ރަންފައުނަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ޕެނަސޮނިކް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ

  • ރަންފައުނު ހާޑްވެއާ ހުޅުވީ 2 ސެޕްޓެމްބަރުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް