ސިނަމާލެ ބުރިޖު ކައިރީގައި އޮންނަ ޕާކިން ސަރަހައްދުގައި ހުންނަ ސާމްޕަލް ސެންޓަރުން މީހުން ޕީސީއާރް ޓެސްޓު ހަދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

ކޮވިޑު ކޭސްތައް 1،000 އިން ދަށަށް

ދުވާލަކު އަލަށް ފެންނަ ކޭސްތަކުގެ އަދަދު ހާހަކުން ދަށަށް މި ދިޔައީ 26 ދުވަސް ފަހުން
11 ފެބްރުއަރީ 2022

އޮމިކްރޮން ވޭރިއަންޓާ އެކު ކޮވިޑް-19ގެ ބޮޑު ރާޅެއް ކުރިމަތިވި ފަހުން ފުރަތަމަ ފަހަރަށް، ދުވާލެއްގެ މައްޗަށް އަލަށް ފެންނަ ކޭސްތަކުގެ އަދަދު 1،000 އަށްވުރެ ދަށްވެއްޖެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން އެންމެ ފަހުން 24 ގަޑިއިރުގެ ތެރޭގައި އަލަށް ފެންނަ ކޭސްތަކުގެ އަދަދު ހާހަކަށް ވުރެ ދަށުގައި ހުރީ 15 ޖެނުއަރީގަ އެވެ.

ރާއްޖެއިން އޮމިކްރޮން ވޭރިއެންޓުގެ ކޭސްތަކެއް ފެނުނު ފަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑަށް އިތުރުވާން ފެށީ ހުސްވި މަހުގަ އެވެ. ޖެނުއަރީގައި ދުވާލެއްގެ ކޭސްތަކުގެ އަދަދު 3000 އިން މައްޗަށް ވެސް އަރައިގެންދިޔަ އެވެ.

ތަފްސީލު - އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6 އާއި މިއަދު ހަވީރު 6އާ ދެމެދު ނެގި 3،936 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 986 މީހުންނެވެ.  

މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދު - 206

  • އަތޮޅުތަކުން - 596

  • ހިންގަމުންދާ ރިސޯޓުތަކުން - 109

  • ސަފާރީތަކުން - ތިނެއް

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު (28 ޖެނުއަރީ - 11 ފެބްރުއަރީ)

ރާއްޖޭގައި މިހާރު ކޮވިޑުގެ ހާލަތު އޮތް ގޮތް

  • މިހާތަނަށް ޖުމްލަ 156،903 ޕޮޒިޓިވް ކޭސް

  • މިހާރު ބަލި ޖެހިފައި ތިބީ 16،227 މީހުންނަށް

  • އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 49 މީހުންނަށް

  • މި ބަލީގައި މިހާތަނަށް 287 މީހުން މަރުވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް