ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ސައީދު އަލީ

ރިޝްވަތުގެ މައްސަލައެއް ބަލަން ނިންމުމުން ވެލިދޫ އިސް މެޖިސްޓްރޭޓު އިސްތިއުފާ ދެއްވައިފި

5 ސެޕްޓެމްބަރު 2022

ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ސައީދު އަލީގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމުމުން އޭނާ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ވީ ކިހިނެއް؟- ސައީދު މަގާމުން އިސްތިއުފާ ދެއްވައި، ސިޓީ ހުށަހެޅުއްވީ މިއަދެވެ.  ޖޭއެސްސީން ބުނީ އޭނާ އިސްތިއުފާ ދެއްވާ ދުވަހެއްގެ ގޮތުގައި އޮތީ މާދަމާ، 6 ސެޕްޓެމްބަރު 2022 ކަމަށެވެ.

ތަފްސީލް- އަހުމަދު އިސްތިއުފާ ދެއްވީ ވެލިދޫ މެޖިސްޓްރޭޓު ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަންގަވާ ކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ލިބުނު ޝަކުވާއެއް ތަހުގީގުކުރަން ނިންމާފައިވަނިކޮށެވެ.

އެ ޝަކުވާއާ ގުޅިގެން ޖޭއެސްސީން ވަނީ މައްސަލަ ބަލަން ހާއްސަ ތަހުގީގީ ކޮމިޓީއެއް މިދިޔަ މަހުގެ 24 ގައި އެކުލަވާލައިފަ އެވެ.

ޖޭއެސްސީން މައްސަލައެއް ބަލަން ނިންމުމަކީ އެ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވުމެއް ނޫނެވެ. ޖޭއެސްސީން އެކުލަވާލައި ކޮމިޓީން އެ މައްސަލަ ތަހުގީގުކުރެ އެވެ. މި ތަހުގީގުގައި ޖަވާބުދާރީ ވާނެ ފުރުސަތު ފަނޑިޔާރުންނަށް ވެސް ލިބެ އެވެ.

އެކަމަކު ޖޭއެސްސީން ބައެއް މައްސަލަތައް ބަލަން ފެށުމުން ބައެއް ފަނޑިޔާރުން އިހުތިޔާރުކުރައްވަނީ އަމިއްލައަށް މަގާމުން ވަކިވާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް