ފުޓްބޯޅަ

ބޭލް އެމެރިކާގެ މޭޖާ ލީގަށް

އޭނާ ބަދަލުވާނެ ކަމަށް ބެލެވުނީ އިނގިރޭސި ވިލާތަށް

ރެއާލް މެޑްރިޑަށް މިދިޔަ ނުވަ އަހަރު ކުޅުނު ވޭލްސްގެ ވިންގާ ގަރެތު ބޭލް އެމެރިކާގެ މޭޖާ ލީގުގެ ލޮސް އެންޖެލްސް އެފްސީ އަށް ކުޅެން އެއްބަސްވެއްޖެ އެވެ.

އެ ޓީމުން އެކަން އަދި ރަސްމީކޮށް އިއުލާންނުކުރެ އެވެ. އެކަމަކު ބޭލް ވަނީ ލޮސް އެންޖްލްސް އަށް ބަދަލުވާކަން އޭނާގެ ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.

ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ވެސް ވަނީ ލޮސް އެންޖްލްސް ޓީމަށް ބަދަލުވާން ނިންމައިފަ އެވެ.

ބޭލް، 32، ބަދަލުވާނެ ކަމަށް ބެލެވިފައި އޮތީ އޭނާގެ ކުރީގެ ކްލަބް ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް ނުވަތަ އޭނާގެ އުފަން ސިޓީ އަށް ނިސްބަތްވާ ކާޑިފް ސިޓީ އަށެވެ.

ބީބީސީން ބުނާ ގޮތުގައި ބޭލްގެ މިވަގުތުގެ އެންމެ ބޮޑު ފޯކަސްއަކީ 1958 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ވޭލްސް ގޮވައިގެން މި އަހަރުގެ ނޮވެމްބަރުގައި ގަތަރުގައި ފަށާ މުބާރާތުގައި ވާދަކުރުމެވެ.

ބޭލްގެ މޮޅު ކުޅުމާ އެކު އެންމެ ފަހުގެ ދެ ޔޫރޯ އަށް ވެސް ވޭލްސް ކޮލިފައިވި އެވެ. އޭގެ ތެރެއިން 58 އަހަރަށް ފަހު ބޮޑު މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރު، 2016 ގެ ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނެވެ. އެ ގައުމުގެ ފުޓްބޯޅަ ހަޔާތުގައި ދެ ވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދައިދިނީ ބޭލް ހިމެނޭހެން، މިދިޔަ ދެ ޔޫރޯގައި ވެސް ކުޅުނު ރަން ޖީލުގެ ކުޅުންތެރިންނެވެ. އެހެންވެ މި އަހަރުގެ ވޯލްޑް ކަޕް ބޭލް އަށް ވަރަށް މުހިއްމެވެ.

ކާޑިފް އާއި ވޭލްސް އިން ބޭނުންކުރަނީ އެއް ޓްރެއިނިން ސެންޓަރު ކަމުން ކާޑިފްއާ ގުޅިއްޖެ ނަމަ އޭނާ އަށް ވޭލްސްގެ މެޑިކަލް އޮފިޝަލުންނާ އެކު މަސައްކަތްކުރެވޭނެ އެވެ. ބޭލް އަކީ ވަރަށް ގިނައިން އިންޖަރީއާ ކުރިމަތިވާ ކުޅުންތެރިޔެކެވެ. އެހެންވެ ވޯލްޑް ކަޕަށް ފިޓްކޮށް ހުންނަން އޭނާ ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

އެހެންވެ ބެލެވުނީ އޭނާ ބަދަލުވާނީ އެ ޓީމަށް ކަމަށެވެ.

ބެލެވޭ ގޮތުގައި އޭނާ އެ ކްލަބަށް ނުދިޔައީ މުސާރައަކާ އެއްބަސް ނުވެވިގެންނެވެ. ރެއާލުން އޭނާ އަށް ހަފުތާއަކު 600،000 ޕައުންޑް ދިނެވެ. މިއީ، ބީބީސީން ބުނާ ގޮތުގައި މިއީ ކާޑިފްގެ މުޅި ސްކޮޑަށް ހަފުތާއަކު ލިބޭ ވަރަށް ވުރެ ބޮޑު އަދަދެކެވެ.ބޭލްގެ އޭޖެންޓް ވަނީ ކާޑިފްގެ އޮފިޝަލުންނާ އެކު

ޕްރިމިއާ ލީގުގެ ސައުތުހެމްޓަން އިން ކެރިއަރު ފެށި ބޭލް ވިދާލީ 2007 އިން 2013 އަށް ޓޮޓެންހަމް އަށް ކުޅުނުއިރެވެ. އޭނާ 2013 ގައި ރެއާލަށް ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޔޫރޯ އަށެވެ.

ރެއާލަށް އޭނާ 258 މެޗު ކުޅެދީ 106 ގޯލް ޖެހި އެވެ. އެ ޓީމާ އެކު އޭނާ ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި ސްޕެނިޝް ލީގު ތިން ފަހަރު ހޯދި އެވެ. އެކަމަކު ފަހަކަށް އައިސް އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓޭ ގޮތެއް ނުވި އެވެ. އަދި ރެއާލް ސަޕޯޓަރުންނާ ވެސް އޭނާއާ މައްސަލަ ޖެހުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް