މީޑިއާނެޓްގެ ވިޔަފާރި ޕާޓްނަރުންނާ އެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސެމިނާގެ ތެރެއިން. (ފޮޓޯ/މީޑިއާނެޓު)

މީޑިއާނެޓް

މީޑިއާނެޓުގެ ވިޔަފާރި ފުޅާކުރަން ޕާޓްނަރުންނާ އެކު ސެމިނާއެއް ބާއްވައިފި

އެ ސެމިނާގެ މަގްސަދަކީ މީޑިއާނެޓްގެ ހިދުމަތްތައް ފުޅާކުރުމާއި ވިޔަފާރީގެ ބައިވެރިންނާ އެކު ގުޅުން ބަދަހިކުރުން
28 މޭ 2022

މީޑިއާނެޓުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ކުންފުނީގެ ވިޔަފާރި ބައިވެރިންނާ އެކު މިދިޔަ ބުރާސްފަތި ދުވަހު ހާއްސަ ސެމިނާއެއް ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - 'މީޑިއާނެޓް ކޮންވެންޝަން 2022'ގެ ނަމުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގެ މަގްސަދަކީ، އެ ކުންފުނިން ބުނި ގޮތުގައި، 'މީޑިއާނެޓް ހެެންޑްއެންޑް އިން ދަ ސްކައި (އެޗުއައިޓީއެސް)' ހިދުމަތްތައް ފުޅާކުރުމާއި ވިޔަފާރީގެ ބައިވެރިންނާ އެކު ގުޅުން ބަދަހިކުރުމެވެ.

ބުނީ ކީކޭ؟ - މީޑިއާނެޓުން ބުނީ އެ ކުންފުނީގެ ވިޔަފާރީގެ ބައިވެރިންނާ އެއް ތަނަކުން ދިމާވެ، ހިޔާލު ބަދަލުކުރުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، ވިޔަފާރީގެ ބައިވެރިން ކުރާ މަސައްކަތުގެ އަގު އެ ކުންފުނިން ވަޒަން ކުރާ ކަމަށެވެ.

މީޑިއާނެޓްގެ ވިޔަފާރި ޕާޓްނަރުންނާ އެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސެމިނާގެ ތެރެއިން. (ފޮޓޯ/މީޑިއާނެޓު)

ތަފްސީލު - މީޑިއާނެޓުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދެނީ އެޗުއައިޓީއެސް މެދުވެރިކޮށެވެ. އެގޮތުން، އެ ހިދުމަތް ރާއްޖޭގެ 186 ރަށަކަށް މިހާރު ވެސް ފޯރުކޮށްދެ އެވެ.

މީޑިއާނެޓުން ބޭއްވި ސެމިނާގައި އެޗުއައިޓީއެސް ހިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ބައިވެރިންނަށް މިހާރު ހުރި ދަތިތަކާއި ހިދުމަތް އިތުރަށް ފުޅާކުރަން ކުރެވެން ހުރި ކަންކަމާ މެދު މަޝްވަރާ ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް