އެޑްވަޓޯރިއަލް

ޖިމް އެކްސް: ފިޓްނަސް ދަމަހައްޓަން ހިތްގައިމު ޖިމެއް

ޖިމަކަށް ބޭނުންވާނެ ހުރިހާ ސާމާނަކާ އެކު އަލަށް ހުޅުވި މި ޖިމަކީ ޖާގައިގެ ގޮތުން ވެސް ތަނަވަސް ތަނެއް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެކެވެ. އެކަމަކު މައްސަލައަކީ އެ ކަމަށް ވެސް ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ. ރާއްޖޭގައި އާންމުކޮށް ހިންގާ ޖިމްތަކުގެ ފީ ހުންނަނީ ކޮންމެ މީހަކަށް ދެއްކޭ ވަރަށް ވުރެ ތަންކޮޅެއް މަތީގަ އެވެ. ޕާސަނަލް ޓްރެއިނަރެއް ނަގައިފި ނަމަ އަރާ އިތުރު ޗާޖާ އެކު އެއީ ބައެއް މީހުންނަށް ކުރެވޭ ވަރުގެ ހަރަދެއް ނޫނެވެ.

މާލޭގައި އަލަށް ހުޅުވި 'ޖިމް އެކްސް' ބަދަލުކޮށްލަނީ މި ސަގާފަތެވެ. އެ ތަނުގެ މަގްސަދަކީ އާންމު އަގުތަކަށް ވުރެ ދަށް އަގެއްގައި ފިޓްނަސްގެ ހިދުމަތް އާންމުންނަށް ފޯރުކޮށްދިނުމެވެ.

  • ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޖިމް އެކްސް

މިދިޔަ މަހުގެ 30ގައި ހުޅުވި ޖިމް އެކްސް އަކީ، ޖިމަކަށް ބޭނުންވާނެ ހުރިހާ ސާމާނަކާ އެކު ހުޅުވި ތަނެކެވެ. އެއްވެސް ދަތިކަމެއް ނެތި، އެއް ފަހަރާ 30 މީހުންނަށް ކަސްރަތު ކޮށްލެވޭ މި ޖިމަކީ ދެ ޖިންސުގެ މީހުންނަށް ވެސް ކަސްރަތު ކޮށްލެވޭ 'ޔުނިސެކްސް' ޖިމެކެވެ. ޖާގައިގެ ގޮތުން ތަނަވަސް ޖިމް އެކްސްގައި އިކުއިޕްމަންޓުތަކާ ހުރެ އެ ތަނުގައި ހިނގާބިނގާވެ އުޅެން އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވެ އެވެ.

  • ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޕެކޭޖުތައް:

  • ޖެނެރަލް މެމްބަޝިޕް: 888ރ. (އޯޕަނިން އޮފާއެއްގެ ގޮތުގައި ޖޫންގެ ނިޔަލަށް 828ރ.އަށް ކުޑަކޮށްފައި)

  • އޮފް ޕީކް (ހެނދުނު 8 އިން މެންދުރުފަހު 3އަށް) ޕެކޭޖު: 707ރ.

  • 16 އަހަރުން ދަށުގެ ދަރިވަރުންނަށް: 626ރ.

  • ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ހާއްސަ ޕެކޭޖު: 727ރ.

  • ތިން މަހުގެ ބަންޑްލް ޕެކޭޖު: 2،400ރ. (މި ޕެކޭޖު ނެގުމުން މަހަކަށް ޖެހެނީ 800ރ.)

ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ޖިމް އެކްސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޕާސަނަލް ޓްރެއިނިން ނުނެގިޔަސް އެހީތެރިވެދޭނެ

ހުރިހާ ޖިމްތަކުން ވެސް ފީއެއް ދައްކައިގެން ޕާސަނަލް ޓްރެއިނަރުންގެ ހިދުމަތް ހޯދިދާނެ އެވެ. ޖިމް އެކްސްގެ ޕާސަނަލް ޓްރެއިނަރުން ފީއެއްގެ ގޮތުގައި ނަގަނީ 2،000 އާއި 2،500ރ.އާ ދެމެދުގެ އަގެކެވެ. މިއީ ވެސް އާންމުކޮށް މިކަމަށް ނަގައި އުޅޭ ފީތަކަަށް ވުރެ ކުޑަ ފީއެކެވެ.

ޖިމް އެކްސްގެ މެމްބަރުން ޕާސަނަލް ޓްރެއިނަރެއް ނުނެގި ނަމަވެސް، އެ ވަގުތެއްގައި ޖިމްގައި ތިބޭ ތަޖުރިބާކާރު ޓްރެއިނަރުން ކަސްރަތު ކުރުމުގައި އެހީތެރިވެދޭ ދިނުމެވެ.

ޖިމް އެކްސް ހުންނަނީ ޕޯޓް ކޮމްޕެލްސްކް ބިލްޑިންގެ އުތުރަށް، ބުރުޒުމަގުގައި ހުންނަ މ. ގޯލްޑަން ވެލީގެ ދެ ވަނަ ފަންގިފިލާގަ އެވެ.

ޖިމް ހުޅުވާފައި ހުންނާނީ ފަތިހު 5:30 އިން ރޭގަނޑު 10:30 އަށެވެ. ޖިމް އެކްސްއާ ގުޅޭ އިތުރު މައުލޫމާތު އެ ތަނުގެ ނަންބަރު 7246666އަށް ގުޅައިގެން ނުވަތަ ފޭސްބުކް އާއި އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެ އެވެ.

ކޮމެންޓް (3)

ހާލުފޮޅި ފޮޅި

13 ޖޫން 2022
ދެޖިންސް އެއްކޮން ވީމަ ކަމަކުނުދޭ.. މިއުޅޭ އަންހެންވެރިން ޖިމަށް ދާތަން ފެނި ހޮޑުލެވޭ.. އެހެރަ ލާފަ ހުންނަ އެއްޗެއް.. އެމީހުންދަނީ ޖިމް ޖައްސާކަށް ނޫން.. ދެއްކެން.. ވަރަށް ރަނގަޅުވީސް ދެޖިންސަށް ވަކިން ހުރިނަމަ..
9 1

ޟެެނސ،،،ދެން ކައެ ނުދެެ

18 ޖޫން 2022
@ހާލުފޮޅި ފޮޅި ދެން ކަލޭ ނުދޭެ، އަންހެނުން ދާތީ
2 1

ޟުހެލް

10 ސެޕްޓެމްބަރު 2022
@ހާލުފޮޅި ފޮޅި އަންހެނުން ދއައްކޮއް ތިކަހަލަ ވާހަކަ ދައްކަލީ ކަލޭ އިންނާނީ ނޫނީި އިންނަނީ ފިރިހެނަކާތަ. މޮޔަނުގޮވާ. މޮޔަމީހ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް