ބީއެމްއެލްގެ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން މީހަކު ވިޔަފާރިކުރަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ ކްރެޑިޓް ކާޑު އަލަށް ހައްދައިގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ވެސް ނުނަގާނެ
16 މޭ 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އެ ބޭންކުން މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން:

  • ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ނުނަގާނެ 

  • އެންމެ ފުރަތަމަ އެޕްރޫވްކުރާ 200 ކާޑަށް ކޭޝްބެކް ދޭނެ؛ ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2،500ރ. ދޭނެ

  • އެންމެ ފުރަތަމަ އެޕްރޫވްކުރާ 2،000 ކާޑަށް ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭނެ؛ ކޮންމެ ކާޑަކަށް 3،000 ރިވޯޑްސް ޕޮއިންޓް ލިބޭނެ

  • ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ

އެނގުން މުހިންމު - ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި ހޮޓަލާއި ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ އަދި ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލްގެ ކާޑު ނެޓްވޯކު:

  • 300،000އަށް ވުރެ ގިނަ ކަސްޓަމަރުން

  • 7،000އަށް ވުރެ ގިނަ މާޗެންޓުން 

  • ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ބަލައިގަންނަ ބޭންކު 

  • އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް