ރަންބީރާއި އާލިޔާގެ ދަރިފުޅު ރަހާގެ ނަން އިއުލާންކުރި ފޮޓޯގައި އެ ނަން ބާސެލޯނާ ޖޯޒީއެއްގައި

އާލިއާ ބަޓް

ބާސެލޯނާ އިން ރަންބީރާއި އާލިޔާ އަށް މަރުހަބާ ކިޔައިފި

ބާސެލޯނާ އިން ބުނީ އެ ކްލަބަށް ސަޕޯޓުކުރާނެ އާ ފޭނެއް އުފަންވީ ކަމަށް
27 ނޮވެމްބަރު 2022
1

ބޮލީވުޑްގެ ޖޯޑު އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރަށް އަލަތު ދަރިފުޅު ލިބުމާ ގުޅުވައި ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބާސެލޯނާ އިން އެ ދެމަފިރިންނަށް މަރުހަބާ ކިޔައިފި އެވެ.

ރަންބީރާއި އާލިޔާ އަށް މި މަހު 6ގައި ލިބުނު އަންހެން ކުއްޖާގެ ނަން އާންމުކުރި ފޮޓޯގައި އެ ނަން ޖަހާފައި އިނީ ބާސެލޯނާ ޖޯޒީއެއްގަ އެވެ. އެ ނަން ދިނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރާ ވެސް ގުޅުވައިގެންނެވެ. ރަހާ އަކީ ރަންބީރުގެ މަންމަ ހިޔާރު ކުރި ނަމެއް ކަމަށް އާލިޔާ ބުންޏެވެ.

ބާސެލޯނާގެ ރަސްމީ ޓްވިޓާ އެކައުންޓުން އާލިޔާ އާއި ރަންބީރަށް މަރުހަބާ ކިޔައި ކުރި ޓްވީޓުގައި ބުނީ ބާސެލޯނާ އަށް ސަޕޯޓުކުރާނެ އާ ފޭނެއް އުފަންވީ ކަމަށާއި އެ އާއިލާއާ ބާސެލޯނާ އިން ބައްދަލުވުމަށް އިންތިޒާރުކުރާ ކަމަށެވެ.

އާލިޔާ 2015 ވަނަ އަހަރު ވަނީ އޭނާ އާސެނަލްގެ ޖޯޒީއެއްގައި ހުރި ފޮޓޯއެއް އާއްމުކޮށްފަ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ރަންބީރަކީ ބާސެލޯނާ ފޭނެއް ކަމަށެވެ. ރަންބީރަކީ ސޯޝަލް މީޑިއާގައި އުޅޭ މީހަކަށް ނުވާތީ އެކަހަލަ ކަންތަކާ ބެހޭގޮތުން އޭނާ ދައްކާ ވާހަކައެއް ނޭނގެ އެވެ.

ކޮމެންޓް (1)

ރަންބީރު

28 ނޮވެމްބަރު 2022
ކީއްވެ ބާ ދައުރު އިން ނުކީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް