ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރާ މަންޓާ އެއާގެ ބީޗް ކްރާފްޓް 1900ޑީ އެއާކްރާފްޓެއް: ކޮންމެ ދުވަހަކު ޗާޓާ ފްލައިޓެއް ބާއްވާނެ (ފޮޓޯ/މަންޓާ އެއާ)

މަންޓާ އެއާ އިން ހޯރަފުއްޓަށް ދަތުރުތައް ފަށައިފި

ހޯރަފުށީ ސަރަހައްދަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް މަންޓާ އިން ގަބޫލުކުރޭ
5 ސެޕްޓެމްބަރު 2022

މަންޓާ އެއާ އިން މާލެ އާއި ހއ. ހޯރަފުއްޓާއި ދެމެދު ޗާޓަރު ދަތުރުތައް މިއަދު ފަށައިފި އެވެ. 

ވީ ކިހިނެއް؟- މިއަދު ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި މަންޓާގެ ފުރަތަމަ ފްލައިޓަށް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ހަރަކާތްތަކާ އެކު އެވެ. މީގެ އިތުރުން ހޯރަފުށީ ކައުންސިލްގެ ފަރާތުން މަންޓާއަށް މަލާފަތެއް ވެސް އެރުވި އެވެ. މަންޓާއަށް މަރުހަބާ ކިޔަން ބޭއްވި ހަރަކާތުގައި ރީޖަނަލް އެއާޕޯޓްސްގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަފްސީލް- މަންޓާ އިން ހޯރަފުއްޓަށް ދަތުރުތައް ފެށީ އެ ރަށާ ކައިރީގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓާ އެކު ވީ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއާލައިނުން ބުނީ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ވެސް އެ އެއާޕޯޓަށް ދަތުރު ކުރާނެ ކަމަށެވެ.

މަންޓާއިން ހޯރަފުއްޓަށް ކުރާ ދަތުރުތަކަށް ބޭނުންކުރާނީ އެ އެއާލައިނުން އެންމެ ފަހުން ގެނައި ބީޗް ކްރާފްޓް 1900ޑީ މަރުކާގެ ބޯޓުތަކެވެ. ކޮންމެ ދުވަހަކު ކުރާ ދަތުރުގެ އިތުރުން، ޕްރައިވެޓް ޗާޓާ އޮޕަރޭޝަންސްތަކަށް ވެސް އެ އެއާކްރާފްޓް ބޭނުންކުރާނެ ކަމަށް މަންޓާއިން ބުންޏެވެ.

މަންޓާ އެއާ އިން ހޯރަފުށީ އެއާޕޯޓަށް ދަތުރުތައް ފެށުން ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން (ފޮޓޯ/މަންޓާ އެއާ)
މަންޓާ އެއާ އިން ހޯރަފުށީ އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތު (ފޮޓޯ/މަންޓާ އެއާ)

ބުނީ ކީކޭ؟- މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ހޯރަފުއްޓަށް ދަތުރުތައް ފެށުމާ އެކު އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް އުފެދި، ކައިރި ރަށްރަށުގެ ވިޔަފާރިތަކަށް ވެސް ފަސޭހަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ހޯރަފުށީ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ޖޭއޭ މަނަފަރާ އެކު މަސައްކަތް ކުރެވޭތީ އުފާކުރަން،" ހަލީލް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް