ހުޅުމާލެ ދެ ވަނަ ފޭސް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިންފްލޭޝަން

ކޮވިޑުގައި ކުޑަވުމަށް ފަހު ކުލިތައް އަނެއްކާވެސް މައްޗަށް

އެމްއެމްއޭ އިން ބުނި ގޮތުގައި، މިއީ ކުލީގެ އަގު ޖެހިޖެހިގެން ބޮޑުވި ތިން ވަނަ ކުއާޓަރު

ރާއްޖޭގައި ތަންތަނުގެ ކުލީގެ އަގު ހުއްޓުމެއް ނެތި ބޮޑުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭ އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން، މިދިޔަ މާޗު މަހުގެ ނިޔަލަށް ކުލީގެ އަގުތަކަށް %0.6ގެ އިތުރުވުމެއް ވަނީ އައިސްފަ އެވެ.

ތަފްސީލު - މިއީ، މަރުކަޒީ ބޭންކުން ބުނި ގޮތުގައި، ކުލީގެ އަގު ޖެހިޖެހިގެން ބޮޑުވި ތިން ވަނަ ކުއާޓަރެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުލީގެ އަގު ދަށަށް ދިޔަ ނަމަވެސް، އެމްއެމްއޭ އިން ބުނީ އޭގެ ފަހުން ކުލީގެ އަގު ބޮޑުވަމުންދާ ކަމަށެވެ.

އެހެން ބައިތަކުގެ އިންފްލޭޭޝަނަށް ބަލާއިރު:

  • ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ރޭޓު %0.6އަށް އިތުރުވި (މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ރޭޓު ހުރީ %0.1ގައި)

  • މަހުގެ ބާވަތްތަކުގެ އަގަށް %5ގެ އިތުރުވުމެއް އައިސް، ކާބޯތަކެތީގެ ބައިގެ އިންފްލޭޝަނަށް %2.2 އިތުރުވުމެއް އައި

  • ޕެޓްރޯލްގެ އަގަށް %49ގެ އިތުރުވުމެއް

  • ބޭހުގެ އަގުތަކުން %9 އަދި އެސިސްޓިވް ޕްރޮޑަކްޓްތަކުގެ އަގުން %8 ބޮޑުވެ، ސިއްހީ ދާއިރާގެ އިންފްލޭޝަން ރޭޓަށް %4ގެ އިތުރުވުމެއް އައި

  • މުވާސަލާތީ ހިދުމަތްތަކުގެ ބައިގެ އިންފްލޭޝަން ރޭޓު %15 ދަށްވި؛ ސަބަބަކީ ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓް ހިދުމަތްތަކުގެ އަގު މިދިޔަ އަހަރު ކުޑަކުރުން

  • ދަތުރުފަތުރުގެ ބައިން އިންފްލޭޝަން ރޭޓު %3.7 ކުޑަވި؛ މިއީ 2020ގެ ހަތަރު ވަނަ ކުއާޓަރަށް ފަހު މި ބައިން އިންފްލޭޝަން ރޭޓު ދަށަށް ދިޔަ ފުރަތަމަ ފަހަރު

އެނގުން މުހިންމު - އެމްއެމްއޭ އިން ލަފާ ކުރަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ.

މި އަހަރު ކުރިއަށް އޮތް ތަނުގެ އިންފްލޭޝަން ބިނާވާނީ، އެމްއެމްއޭއިން ބުނި ގޮތުގައި:

  • ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުތަކަށް

  • ސަރުކާރުން ޓެކުހާއި ސަބްސިޑީ ދޭ ގޮތްތަކަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް