ބީއެމްއެލްގެ ލުއި ލޯނުގެ ލިިމިޓް ވަނީ ބޮޑުކޮށްފައި. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އިން 1.2 މިލިއަނާ ހަމައަށް ލުއި ލޯނާއި އިސްލާމިކް ފައިނޭންސް ދޫކުރަނީ

ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީއަށް ވެސް މިހާރު ބަލާނެ
25 ޖެނުއަރީ 2023
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި އިސްލާމިކް ފައިނޭންސިން ފެސިލިޓީގެ ލިމިޓު 1.2 މިލިއަނާ ހަމައަށް މިއަދު އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލް އިން ވަނީ އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލައި 'ބީއެމްއެލް ލުއި ލޯނު'ގެ ނަމުގައި އެ ލޯނު ދޫކުރަން މިއަދު ނިންމާފަ އެވެ.

ތަފްސީލް - މި ބަދަލާ އެކު:

  • އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް 1.2 މިލިއަނާ ހަމައަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ 

  • ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީއަށް ވެސް މިހާރު ބަލާނެ

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ފާހަގަކުރެއްވި ގޮތުގައި، އެ ބޭންކުގެ ޕޯޓްފޯލިއޯއަށް ގެނައި މި ބަދަލާ އެކު، ކޮންމެ އަމިއްލަ ބޭނުމަކަށް ވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އޮންނާނެ އެވެ.

"ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާ ފަދަ އަދި އުންމީދު ކުރާ ފެންވަރަށް ވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ލުއި ލޯނު އަދި ޕާސަނަލް ފައިނޭންސިންއަށް:

  • އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭނެ 

  • ފަސް ދުވަހުގެ ތެރޭ ޕްރޮސެސް ކުރާނެ

ކޮމެންޓް (1)

ޙަޤީޤަތް

25 ޖެނުއަރީ 2023
ތިޔަ ލޯނުތަކުގެ ދަށުވެގެން ސަލާމަތް ނުވެވިގެން މިއުޅެނީ.. ދައްކާ ދައްކާ މަދެއް ނުވޭ.. ދެއްކި ގޮތުގެ ތަފްސީލް ފެންނަގޮތް އެޕް ތެރެއިން ހަދާށޭ ބުނީމައި ބުނީ ސްޓޭޓްމަންޓަށް ރުކުއެސްޓް ކުރާށޯ.. ސްޓޭޓްމަންޓް އިންނަނީ ބޭންކުން ބޭނުންވާ ގޮތަށް އުނިއިތުރު ގެނެސްފައި.. އިތުބާރު ގެއްލިފައިވާ ބޭންކެއް.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް