ކްރިސްޓިއާނޯ ރޮނާލްޑޯ.

ރޮނާލްޑޯ، އިންސްޓަގްރާމްގައި 500 މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ މީހަކަށް

22 ނޮވެމްބަރު 2022

އިންސްޓަގްރާމްގައި 500 މިލިއަން ފޮލޯވަރުން ހަމަވި ފުރަތަމަ މީހާގެ ޝަރަފު މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އަދި ޕޯޗުގަލްގެ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

އިންޑިއާގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީއަށް ވުރެ މިހާރު ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރެވެ.

އިންސްޓަގްރާމްގައި ދެ ވަނައަށް އެންމެ ގިނަ މީހުން ފޮލޯ ކުރަނީ އާޖެންޓީނާގެ ސުޕަސްޓާ ލިއޮނަލް މެސީ އެވެ. އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 3.76 މިލިއަނަށް އަރަ އެވެ.

ޓްވިޓާގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު ވެސް 105 މިލިއަނަށް ވުރެ ގިނަ އެވެ.

އިންސްޓަގްރާމްގެ ތިން ވަނައިގައި 3.46 މިލިއަން ފޮލޯވަރުންނާ އެކު ޓީވީ ޝަހުސިއްޔަތު، ކައިލީ ޖެނާ އޮތް އިރު ހަތަރު ވަނައިގައި އުޅެނީ ސެލީނާ ގޯމޭޒް އާއި ޑްވޭން ދަ ރޮކް ޖޯންސަން އެވެ.

މި ލިސްޓުގެ ހަތް ވަނައިގައި ވިރާޓް ކޯލީ އޮތީ 2.03 މިލިއަން ފޮލޯވަރުންނާ އެކު އެވެ.

ހޮނިހިރު ދުވަހު ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެކުގައި ޗެސްބޯޑެއް ކައިރީ ތިބެ ނެގި ފޮޓޯ ވަގުތުން ވަނީ ވައިރަލްވެފަ އެވެ.

ރޮނާލްޑޯ އެކަމާ ގުޅޭ ގޮތުން ކުރި ޓުވިޓާ ޕޯސްޓަށް 1.6 މިލިއަނަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ.

ރޮނާލްޑޯ ބުނީ މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. މި ސީޒަނުގައި ޔުނައިޓެޑްގެ ޕެރިފެރަލް ރޯލަކަށް ބަދަލުވި ސުޕަސްޓާ ވަނީ މިދިޔަ ހަފުތާގައި ޓީވީ އިންޓަވިއުއެއްގައި އޭނާގެ ކްލަބާއި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހޭގް އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ މަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި  އެރުމަށް ދެކޮޅު ހެދުމުން އޭނާ ސަސްޕެންޑްކުރި އެވެ.

އިނގިރޭސިވިލާތުގެ ނޫސްވެރިޔާ ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައި އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުނެފައި ވަނީ ޓެން ހެގްގެ އެ ރިއެކްޝަނަށް "ހިތްވަރު" ލިބުނުކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް