ބީއެމްއެލް

ބީއެމްއެލްގެ ހެކަތަން ކާމިޔާބުކުރި 3 ޓީމު ހޮވައިފި

އެ ޓީމްތަކުން ހުށަހެޅި ހިޔާލު ކާމިޔާބުކަމާ އެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ލިބޭނެ
17 އޮކްޓޯބަރު 2022

ކަސްޓަަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދޭނެ އުފެއްދުންތަކެއް އީޖާދުކުރުމަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ ހެކަތަން ރޭ ނިންމާލައި އެންމެ އީޖާދީ ތިން ހިޔާލު ހޮވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު ފެށި ހެކަތަންގައި ފިންޓެކްގެ ދާއިރާ އިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ވަނީ ހުށަހަޅާފަ އެވެ.

ތަފްސީލް - އޭގެ ތެރެއިން، ހެކަަތަން ކާމިޔާބުކުރި ތިން ޓީމަކީ: 

  • އަހުމަދު މަހުފޫޒު، ހުސައިން ޒަޔާން އަދި މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިން

  • މުހައްމަދު އާތިކް އަލީ ރިޒާ، ފާތިމަތު އަރީން ނަސީމް އަދި މުހައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކާ

  • މުހައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް އަދި މުހައްމަދު އީމާން – ހުށަހަޅާފައިވަނީ ޕާސަނަލް ފައިނޭންސް މެނޭޖާ

ބީއެމްއެލްގެ ހެކަތަން ކާމިޔާބުކުރި ޓީމެއް. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ ހެކަތަން ކާމިޔާބުކުރި ޓީމެއް. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ ހެކަތަން ކާމިޔާބުކުރި ޓީމެއް. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ މި ހެކަތަން މެދުވެރިކޮށް، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ލިބިފައިވާ ކަމަށެވެ.

"ފިންޓެކް ކޮމިއުނިޓީގެ ފަރާތުން މި ހެކަތަންއަށް ދެއްވި ޝައުގުވެރިކަމަކީ އަޅުގަނޑުމެން ވަރަށް އުފަލާ އެކު ބަލައިގަންނަ ކަމެއް. ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްއަށް މަރުހަބާ ކިޔަން،" އޭނާ ވިދާޅުވި އެވެ.

"މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓާސްއަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން."

  • ބީއެމްއެލްގެ ހެކަތަންގެ ބައިވެރިން އެ މީހުންގެ ހިޔާލުތައް ހުށަހަޅަނީ. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލްގެ ހެކަތަންގެ ބައިވެރިން އެ މީހުންގެ ހިޔާލުތައް ހުށަހަޅަނީ. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލްގެ ހެކަތަންގެ ބައިވެރިން އެ މީހުންގެ ހިޔާލުތައް ހުށަހަޅަނީ. (ފޮޓޯ/ބީއެމްއެލް)
  • ބީއެމްއެލްގެ ހެކަތަންގެ ބައިވެރިން އެ މީހުންގެ ހިޔާލުތައް ހުށަހަޅަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް ހަކަތަން:

  • ޖުމުލަ 30 ބައިވެރިން: 11 ޓީމު

  • ހެކަތަންގެ ތީމް: 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް'

  • ތިން ޓީމު ހޮވި؛ އެ ޓީމްތަކުން ހުށަހެޅި ހިޔާލު ކާމިޔާބުކަމާ އެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ލިބޭނެ

  • ހޮވޭ ޓީމުތަކާ އެކު އެ ފަރާތްތަކުން ހުށަހަޅާ ސޮލިއުޝަން ބޭންކާ އެކު އެއްބަސްވެވޭ އަގެއްގައި ގަތުމަށް ވަނީ ހަމަޖެހިފައި

  • މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދޭނެ

  • ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000ރ.

  • ޑިވެލޮޕްކުރާ ސޮލިއުޝަނަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް