ދިވެހި ފިލްމު 'ހެހެސް' މީޑިއާނެޓް އެމްއެސްޓީވީ ވީޑިއޯ ކްލަބަށް

މި ފިލްމުގައި ފެނިގެންދާނީ ލޯބި ހާސިލު ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން އަދި ކަންކަމުގައި ފަހަނަ އަޅައިގެން ވެސް ހިނގައިދާނެކަން
3 މޭ 2022

ދިވެހި ފިލްމު 'ހެހެސް'، މީޑިއާނެޓު އެމްއެސްޓީވީ ވީޑިއޯ ކްލަބް ލައިބްރަރީއަށް އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއެސްޓީވީ ވީޑިއޯ ކްލަބަށް ހެހެސް އިތުރުކުރީ އިއްޔެ އެވެ. މީޑިއާނެޓުގެ ވެބްސައިޓު މެދުވެރިކޮށް އެމްއެސްޓީވީ ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކުރުމުން، އެ ޕްލެޓްފޯމު މެދުވެރިކޮށް އެ ފިލްމު ބެލައިލެވޭނެ އެވެ.

'ހެހެސް'

މި ފިލްމުގައި ފެނިގެންދާނީ ލޯބި ހާސިލު ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން އަދި ކަންކަމުގައި ފަހަނަ އަޅައިގެން ވެސް ހިނގައިދާނެ ކަމެވެ.

މި ފިލްމުގެ ކާސްޓުން:

  • ޔޫސުފް ޝަފީއު (ޔޫއްޕެ)

  • އިބްރާހިމް ޖިހާދު (ޖިމީ)

  • އަލީ އާޒިމް (ދޮން އައްޔަ)

  • އިރުފާނާ އިބްރާހިމް (އިރޫ)

  • މަރިޔަމް ޝިފާ

  • ވާޝިޔާ މުހައްމަދު

  • މަރިޔަމް ޝިފާ (ޝިފް)

  • ޝިޔާޒާ މުހައްމަދު (ޝިޔާ)

ފިލްމުގެ ޕްލޮޓު؛

ޔޫއްޕެ އާއި ޝިޔާ ވަރަށް ލޯބިން އުފާވެރި ޖަވާޒީ ހަޔާތެއް ފަށަ އެވެ. އަދި މިކަން ޖިމީގެ ކޮއްކޮ ޝިފާއަށް އެނގުމުން އަމިއްލައަށް މަރުވާން މަސައްކަތް ކުރެ އެވެ. ޖިމީ، ޝިފާގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އޭނާގެ ލޯބި ހޯދައިދިނުމަށް އަޒުމު ކަނޑައަޅަ އެވެ.

ޖިމީގެ އަންހެނުން މަރިޔަމް ޝިފާއަށް ޖިމީގެ މި ރޭވުން އެނގެ އެވެ. ނަމަވެސް ޖިމީ ދެކެ ގަންނަ ބިރުން އިތުރު މީހެއްގެ ގާތުގައި އެ ވާހަކަ ނުބުނެ ހުރެ އެވެ.

ވާޝިޔާ ފޮޓޯ ޝޫޓަކަށް އެ ރަށަށް ދެވެ އެވެ. އަދި އެ ރަށުން ޔޫއްޕެއާ ދިމާވެ އެވެ. ވާޝިޔާ އާއި ޔޫއްޕެ އަކީ، އޭގެ ފަސް އަހަރު ކުރިން ޔޫއްޕެ މާލޭގައި އުޅުނު އިރުގެ ލޯބިވެރިޔާ އެވެ. ފަސް އަހަރަށް ފަހު ފެނުމުން ވާޝިޔާ އަލުން ޔޫއްޕެއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވެ އެވެ. ޔޫއްޕެ އެކަމަށް އިންކާރުކޮށް، ޝިޔާއާ ކައިވެނި ކޮށްގެން އުޅޭ ވާހަކަ ބުނެ އެވެ. ނަމަވެސް ޔޫއްޕެއަށް ވާޝިޔާގެ އުނދަގޫ އިންތިހާއަށް ބޮޑުވެ އެވެ.

ޖިމީ، ދޮން އައްޔައާ ގުޅިގެން ޔޫއްޕެ އަދި ޝިޔާގެ ކައިވެނި ރޫޅާލަން ރާވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް