ކައިލީ ޖެނާ

ކައިލީ ޖެނާ

ކައިލީ އާއި ޓްރޭވިސް ކައިވެންޏަށް ތައްޔާރު؟

ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެ މީހުން ކައިވެންޏާ ގުޅޭގޮތުން ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވާ ކަމަށްވޭ
9 މޭ 2022

ކައިލީ ޖެނާ އާއި ޓްރޭވިސް ސްކޮޓު ތިބީ ކައިވެނި ކުރަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ މީހުންގެ ގާތް މީހަކާ ހަވާލާދީ، ހޮލީވުޑް ލައިފް އިން ބުނީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ދެމީހުން ކައިވެންޏާ ގުޅޭގޮތުން ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ކައިވެންޏަކީ ބޮޑު ފިޔަވަޅެއް ކަމަށާއި ފައިސާ އާއި މުދަލާ ވެސް ގުޅުން ހުރި ކަމަކަށް ވުމާއެކު އެފަދަ ބޮޑު ކަމެއް ނިންމުމަށް އަދިވެސް އެމީހުންނަށް ވަގުތު ބޭނުންވަނީ ކަމަށް ބުނެފައިވެ އެވެ.

ކައިލީ ކައިރިން ކައިވެންޏަށް އެހުމަކީ ކައިލީގެ އާއިލާ އިން ވެސް ޓްރޭވިސްގެ ފަރާތުން ބޭނުންވާ ކަމެއްކަން ޓްރޭވިސް އަށް އެނގޭ ކަމަށް ޓްރޭވިސްގެ ގާތް މީހަކު ބުނެފައިވެ އެވެ. ނަމަވެސް އެފަދަ ބޮޑު ކަމެއް ކުރުމުގެ ކުރިން ޓްރޭވިސް އަށް ވެސް ވަގުތު ބޭނުންވާ ކަމަށާއި އެންމެ އެކަށީގެންވާ ވަގުތުގައި އެކަންތައް ވެސް ވާނެ ކަމަށް އެ މީހަކު ބުނެފައިވެ އެވެ.

"ކައިލީ އަށް ޕްރޮޕޯޒް ކުރާނެ ގޮތަކާ މެދު ޓްރޭވިސް ނުވިސްނާ އޮތީއެއް ނޫން. ކައިވެންޏަކީ އެ ދެ މީހުން ވެސް އެކި ފަހަރުމަތިން ވާހަކަ ދައްކައި މަޝްވަރާ ކޮށްފައި އޮތް ކަމެއް. އެ ދެ މީހުން ވެސް ތިބީ ކައިވެނި ކުރަން ބޭނުންވެފައި،" ހޮލީވުޑް ލައިފްއަށް ގާތް މީހަކު ބުނެފައިވެ އެވެ.

ކައިލީ އާއި ޓްރޭވިސް ރައްޓެހިވީ 2017 ވަނަ އަހަރު އެވެ. އެ ދެ މީހުން އެކި ފަހަރު މަތިން ރުޅިވެ، ރައްޓެހިވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް