މަންކީޕޮކްސްގެ ވައިރަސް (ފޮޓޯ/ ސައިންސް ފޮޓޯ ލައިބްރަރީ)

ސިއްހަތު

އިޒްރޭލާއި ސްވިޓްޒަލެންޑުން ވެސް މަންކީޕޮކްސް ފެނިއްޖެ

މަންކީޕޮކްސް ފެނިފައިވާ ގައުމުތަކުގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައި

ވައިރަލް އިންފެކްޝަން މަންކީޕޮކްސް މިހާރު ފެންނަމުންދާ ގައުމުތަކުގެ ލިސްޓަށް އިޒްރޭލާއި ސްވިޓްޒަލެންޑު އިތުރުވެއްޖެ އެވެ. މި ދެ ގައުމާ އެކު މި ބަލި ފެނިފައިވާ ގަައުމުތަކުގެ އަދަދު ވަނީ 14 އަށް އަރާފަ އެވެ.

އިޒްރޭލާއި ސްވިޓްޒަލެންޑުގައި މި ބަލި ޖެހިފައިވާކަން އެނގިފައި ވަނީ ކޮންމެ ގައުމަކުން އެކަކަށެވެ. އަދި މި މީހުންނަކީ މިފަހުން ދަތުރުކޮށްފައިވާ މީހުން ކަމަށް އެ ދެ ގައުމުން ބުނެފައިވެ އެވެ. ނަމަވެސް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު ބަޔަކު އެބަތިބި ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ޔޫރަޕް، އެމެރިކާ، އޮސްޓްރޭލިއާ އަދި ކެނެޑާއިން މި ބަލި ޖެހިފައިވާ 80 އަށް ވުރެ ގިނަ މީހުން ވަނީ ފެނިފަ އެވެ. އާއްމުގޮތެއްގައި މި ބަލި ފެންނަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ސަރަހައްދުތަކުންނެވެ.

މި ބަލި މިހާރު ފެތުރެމުން ދާތީ ސައިންސްވެރިންނަށް ވަނީ ކޮންމެވެސް ވަރަކަށް ހައިރާންކަން ލިބިފަ އެވެ. ނަމަވެސް މިއީ މީހުންގެ މެދުގައި އެހާ ފަސޭހައިން ނުފެތުރޭ އަދި އާންމުންނަށް މާ ބޮޑު ބިރެއް ނެތް ބައްޔެއް ކަމަށް ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ބުނެފައިވާ ގޮތުގައި މި ބަލި ޖެހިގެން އިންސާނަކަށް އާންމުކޮށް މާބޮޑު އަސަރުތަކެއް ނުކުރާއިރު، މި ބަލި ޖެހޭ ގިނަ ބަޔަކު މަދު ހަފްތާތަކެއްގެ ތެރޭގައި ބަލިން ފަސޭހަވެ އެވެ.

މަންކީޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އިތުރު 50 މީހަކަށް ބަލި ޖެހިފައިވޭތޯ ބަލަމުން ގެންދާ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ. އަދި މި ބަލި ޖެހިފައިވާ އިތުރު މީހުން ފެނުން އެކަށީގެންވާ ކަމަށް އެ ޖަމިއްޔާއިން ވަނީ އިންޒާރު ދީފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާ މަންކީޕޮކްސްއާ ގުޅޭ. (ވީޑިއޯ/ އައިޓީވީ ނިއުސް)

ޔޫރަޕުން މި ބަލި އެންމެ ފުރަތަމަ ފެނުނު އިނގިރޭސިވިލާތުން މަންކީޕޮކްސް ޖެހިފައިވާ 20 މީހަކު މިހާތަނަށް ފެނިފައިވެ އެވެ. މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިތުރުވަމުންދާ ކަމަށް އެގައުމުގެ ހެލްތު ސެކިއުރިޓީ އެޖެންސީގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ. ސޫސަން ހޮޕްކިންސް ވަނީ ބީބީސީއަށް މައުލޫމާތު ދެއްވާފަ އެވެ.

ނަމަވެސް މި ބަލީގެ ސަބަބުން އާންމު ސިއްހަތަށް އޮތް ބިރު "އިންތިހާއަށް ކުޑަ" ކަން ޑރ. ހޮޕްކިންސް ފާހަގަކުރެއްވި އެވެ.

މަންކީޕޮކްސް އަށް އަދި ވެކްސިނެއް ހޯދިފައި ނުވި ނަމަވެސް، ކަށިވިދުރި (ސްމޯލްޕޮކްސް) ވެކްސިނަކުން މަންކީޕޮކްސްއަށް ލިބިދޭ %85 ރައްކާތެރިކަމާ ގުޅިގެން ގިނަ ގައުމުތަކަކުން ދަނީ ކަށިވިދުރި ވެކްސިން ރައްކާކުރަމުންނެވެ.

.

އިތުރު އާޓިކަލް

އިތުރު އާޓިކަލް