ސްޕެޝަލް ރެޕަޓުއާ ފިނޯލާ ނީ އޯލައިން

އދ

އދ.ގެ ކައުންޓާ ޓެރަރިޒަމް ރެޕަޓުއާ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ޓެރަރިޒަމްގެ ކުށް ސާބިތުވެ ނުވަތަ އެފަދަ ތުހުމަތުގައި ބަންދުކޮށްފައި ތިބި ފަރާތްތަކާ އޭނާ ބައްދަލުކުރައްވާނެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކޮށް، އިންސާނީ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ކުރިއެރުވުމާ ގުޅޭ އދ.ގެ ސްޕެޝަލް ރެޕަޓުއާ ފިނޯލާ ނީ އޯލައިން މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - އދ. އިން ނެރުނު ބަޔާނެއްގައި ބުނީ، ސްޕެޝަލް ރެޕަޓުއާ ފިނޯލާގެ ދަތުރު ނިންމާލައްވާނީ މި މަހުގެ 24 ވާ އަންގާރަ ދުވަހު ކަމަށެވެ.

ތަފްސީލް - އޭނާގެ ދަތުރުގައި ސަރުކާރުގެ އިސްވެރިންނާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ. ހަމަ އެއާ އެކު، ރާއްޖޭގައި ހުންނަ އދ.ގެ އޮފީހަށާއި ބައިނަލްއަގުވާމީ އެހެނިހެން ޖަމިއްޔާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ވެސް އދ. އިން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖޭގައި މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކަށް ވަޑައިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ތުހުމަތުތަކުގައި ބަންދުކޮށްފައި ތިބި މީހުންނާ ބައްދަލުކޮށް އިންޓަވިއުކުރައްވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން:

  • ބޭރުގެ ހަނގުރާމަތަކުން އެނބުރި އަންނަ މީހުންނާއި ހަނގުރާމަވެރި ސަރަހައްދުތަކުން އަނބުރާ އަންނަ އަންހެނުންނާއި ކުޑަކުދިން އަލުން މުޖުތަމައަށް ނެރުމަށް އެ މީހުންގެ ރީހެބިލިޓޭޝަން އާއި ރީއިންޓަގްރޭޝަން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާނެ

ބުނީ ކީކޭ؟ - އދ.ގެ ބަޔާނުގައި ބުނީ، މެއި 24ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރެޕަޓުއާގެ ހޯދުންތައް ހިއްސާކުރައްވާނެ ކަމަށެވެ. އަދި ހޯދުންތަކުގެ ތަފްސީލީ ރިޕޯޓާއި ރެކޮމެންޑޭޝަންތައް އަންނަ އަހަރުގެ މާޗު މަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅުއްވާނެ އެވެ.

އެނގުން މުހިންމު - ފިނޯލާ ނީ އޯލައިން އަކީ އަޔަލެންޑަށް ނިސްބަތްވާ، ހިއުމަން ރައިޓްސް ލޯއަށް ހާއްސަ ގާނޫނީ ވަކީލެކެވެ. އދ.ގެ 'ސްޕެޝަލް ރެޕެޓުއާ އޮން ދަ ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް އެންޑް ފަންޑަމެންޓަލް ފްރީޑަމްސް ވައިލް ކައުންޓަރިން ޓެރަރިޒަމް'ގެ މަގާމަށް އޭނާ އައްޔަނުކުރީ 1 އޮގަސްޓް 2017ގަ އެވެ.

އދ.ގެ ސްޕެޝަލް ރެޕަޓުއާއިންނަކީ:

  • އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 'ސްޕެޝަލް ޕްރޮސީޖާސް'އަށް ނިސްބަތްވާ މިނިވަން މާހިރުން 

  • އެއީ އދ.ގެ ހިއުމަން ރައިޓްސް ސިސްޓަމުގައި ގާއިމުކޮށްފައިވާ އެންމެ ބޮޑު މިނިވަން މާހިރުންގެ ގްރޫޕު 

  • އިންސާނީ ހައްގުތަކުގެ ވަކިވަކި ދާއިރާތަކުން ސްޕެޝަލް ރެޕަޓުއަރުން ކަނޑައަޅާ 

  • ވަކިވަކި ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ވެސް ސްޕެޝަލް ރެޕަޓުއަރުން ކަނޑައަޅާ

  • ސްޕެޝަލް ރެޕަޓުއާއިން މަސައްކަތް ކުރަނީ ވޮލަންޓިއަރުންގެ ގޮތުގައި

  • އެއީ އދ.ގެ މުވައްޒަފުންނެއް ނޫން؛ އެ މީހުންގެ މަސައްކަތަށް އުޖޫރައެއް ނުދޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް