'ސޫޓްސް ޗެމްބާ'އާ އެކު 'ދަ ޗެމްބާ ސްކޮޔާ' އެއްކޮށް ހުޅުވާލައިފި

ސޫޓްސް ޗެމްބާ ހުޅުވުމަށް ފަހު، އަމިއްލަ ދެ ބްރޭންޑު ކަމަށްވާ 'އެވަލީ' އާއި 'އިންފިނިޓީ' ވަނީ ދައްކާލާފައި
3 އޭޕްރީލު 2022

'ދަ ޗެމްބާ ސްކޮޔާ' ފިހާރައިގައި ކޯޓުފަޓުލޫނަށް ހާއްސަކޮށް ގާއިމްކުރި 'ސޫޓްސް ޗެމްބާ' ސެކްޝަން ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ 20ގައި ސޫޓްސް ޗެމްބާ ރަސްމީކޮށް ހުޅުވައިދެއްވީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.

'ސޫޓްސް ޗެމްބާ' ހުޅުވަން ބޭއްވި ހަފްލާގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ދަ ޗެމްބާ)

ތަފްސީލު - ދަ ޗެމްބާ ސްކޮޔާ ފިހާރަ ހުންނަނީ އެކި ބައިބަޔަށެވެ. އެންމެ ފަހުން ހުޅުވި ސޫޓްސް ޗެމްބާ ބަޔާ އެކު މުޅި ޗެމްބާ ސްކޮޔާ އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ.

ސޫޓްސް ޗެމްބާ ހުޅުވުމުގެ ރަސްމިއްޔާތުގައި، ޗެމްބާ މޯލްޑިވްސްގެ އަމިއްލަ ދެ ބްރޭންޑް ކަމަށްވާ އަންހެނުންނަށް ހާއްސަ 'އެވަލީ' އާއި ފިރިހެނުންނަށް ހާއްސަ 'އިންފިނިޓީ' ދައްކާލުމަށް ހާއްސަ ފެޝަން ޝޯއެއް ވެސް ވަނީ ބާއްވާފަ އެވެ.

  • ދަ ޗެމްބާ މޯލްޑިވްސްގެ އަމިއްލަ ދެ ބްރޭންޑު ދައްކާލުމަށް ބޭއްވި ފެޝަން ޝޯގެ ތެރެއިން. (ފޮޓޯ/ދަ ޗެމްބާ)

މީގެ އިތުރުން، ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ އަލީ މަބްރޫކް ލަތީފް ވަނީ ޗެމްބާ ސްކޮޔާގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

  • ޗެމްބާ ފިހާރަތަކުގެ ބްރޭންޑް އެމްބަސަޑަރަކަށް ހަމަޖެއްސި އަލީ މަބްރޫކް. (ފޮޓޯ/ދަ ޗެމްބާ)
  • ޗެމްބާ ސްކޮޔާއިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/ދަ ޗެމްބާ)
  • ޗެމްބާ ސްކޮޔާއިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/ދަ ޗެމްބާ)
  • ޗެމްބާ ސްކޮޔާއިން ވިއްކާ ބައެއް ތަކެތި.
  • ޗެމްބާ ސްކޮޔާއިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/ދަ ޗެމްބާ)
  • ޗެމްބާ ސްކޮޔާއިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/ދަ ޗެމްބާ)
  • ޗެމްބާ ސްކޮޔާއިން ވިއްކާ ބައެއް ތަކެތި. (ފޮޓޯ/ދަ ޗެމްބާ)

ޗެމްބާ ސްކޮޔާ އަކީ ކިންގްސް ބާސްކެޓްބޯލް ކްލަބުގެ މެއިން ސްޕޮންސާ އެވެ. އެ ކްލަބުން މިދިޔަ މަހު ގައުމީ ބާސްކެޓުބޯޅަ މުބާރާތުގެ ތަށި މިލްކު ކުރި ކުރުން ވެސް، އެ ކްލަބުގެ ދެ ފައުންޑަރުން ކަމަށްވާ މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އިބްރާހިމް މުހައްމަދު (އިއްބެ)ގެ ބައިވެރިވުމާ އެކު އެ ރަސްމިއްޔާތުގެ ތެރޭގައި ވަނީ ފާހަގަކޮށްފަ އެވެ.

ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ކާމިޔާބީ ފާހަގަކުރަނީ. (ފޮޓޯ/ޗެމްބާ)

ދަ ޗެމްބާ ސްކޮޔާ ހުންނާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފީސް ހުންނަ ގ. ސަކީނާ މަންޒިލާ ޖެހިގެން، ޝަހީދު ކުޑައާދަމްގެ ކުޑަތުއްތު ހިނގުމުގައި ކުރިން ގޯޓްފިޝް ކެފޭ ހިންގި އިމާރާތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް