މެއި ހައެއް ހަމަލާގައި ދައުވާ ކުރަން ފޮނުވި ދެމީހުން
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު 2 މީހަކަށް ދައުވާ ކުރަން ފޮނުވައިފި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ދެ މީހަކަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ތަފްސީލު - ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕޮރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، އިތުރު ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދު ކަމަށެވެ. އެ ދެ މީހުންނަކީ:
-
އަބްދުﷲ އަލީ މަނިކު، ބަހާރުގެ، ހއ. މޮޅަދޫ
-
މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި
ދައުވާ އާާއި އަދަބު - އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުގައިވާ ގޮތުން އެ ކުށުގެ އަދަބަކީ ތިން އަަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާއެކު، ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުގައި ތިބި އަށް މީހުންގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ ކުރަން ކޯޓަށް ފޮނުވާފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތްތައް ވެސް މިހާރު ވަނީ ފަށާފަ އެވެ.
މީގެ ކުރިން ދައުވާ ކުރަން ފޮނުވި މީހުން:
-
1-
އަދުހަމް އަހުމަދު ރަޝީދު (ވ. ތިނަދޫ، ހިޔާ)
-
2-
މުޖާޒް އަހްމަދު (މއ. ފޭރުގެ، މާލެ)
-
3-
ތަހުމީން އަހްމަދު (ގއ. ކޮނޑޭ، ފޮޅޭމާގެ)
-
4-
އަލީ ހައިޝަމް (ނ. މަނަދޫ، ނޫރީގެ)
-
5-
ފަހުމީ އަލީ (ގއ. ވިލިނގިލި، ހުދުރުވާގެ)
-
6-
މުހައްމަދު ނާޒިމް (އއ. މާޅޮސް، އަސަރީގެ)
-
7-
އިސްހާގު (މ. ކުދެހިގެ، މާލެ)
އެ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރަނީ އިސްހާގު އަދި ތަސްލީމަށެވެ. އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން، މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމާ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އިތުރަށް ކިޔާލަން -