ކްރޮސްރޯޑްސް މޯލްޑިވްސްގައި އޭޑީކޭން ބާއްވާ 'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސްގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ސައިންޓިފިކް ބައިތައް ފަށައިފި

ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުން ބައިވެރިވާ މި ކޮންފަރެންސްގައި، ސިކުނޑި އާއި މައިބަދައިގެ ފަރުވާއާ ގުޅޭ އެންމެ ފަހުގެ ދިރާސާތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ
21 ސެޕްޓެމްބަރު 2022

އޭޑީކޭން އިންތިޒާމުކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ 'ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް'ގެ ސައިންޓިފިކް ސެޝަންތައް ފަށައިފި އެވެ.

އެނގުން މުހިންމު - ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އަކީ އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން އިސްނަގައިގެން، ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ ބައިވެރިވުމާ އެކު، މިކަމުގެ ދިރާސާތަކާއި ތަޖުރިބާ އަދި އެންމެ ފަހުގެ ފަރުވާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ކޮންފަރެންސެކެވެ.

އެމެރިކާގެ ތަޖުރިބާކާރުންނާ އެކު މި ކޮންފަރެންސް އެންމެ ފުރަތަމަ ބޭއްވީ 'ސްޕައިން ކޮންފަރެންސް'ގެ ނަމުގައި 2017ގަ އެވެ. ނަމަވެސް، ފަހުން އިތުރު ގައުމުތަކުގެ ތަޖުރިބާކާރުންގެ ބައިވެރިވުމާ އެކު، އެ ކޮންފަރެންސް ފުޅާކޮށް، 'ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް'އަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އެ ކޮންފަރެންސް ބާއްވަފައެއް ނުވެ އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ކުރިއަށްދަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް އޭޑީކޭ ހޮސްޕިޓަލާއި ކްރޮސްރޯޑްސްގަ އެވެ. މިއަދާއި މާދަމާ ކްރޮސްރޯޑްސްގެ އިވެންޓު ހޯލްގައި ކުރިއަށްދަނީ އެ ކޮންފަރެންސްގެ ސައިންޓިފިކް ސެޝަންތަކެވެ.

ތަފުސީލު - ސައިންޓިފިކް ސެޝަންތައް ކުރިއަށް ގެންދަނީ އެކި ތީމްތަކަށް ބަހާލައިގެންނެވެ. އެ ތީމްތަކަކީ:

މިއަދު

  • އެންޑޯސްކޯޕިކް ސްޕައިން

  • މިނިމަލީ އިންވޭސިވް ސްޕައިން

  • ރޮބޯޓިކް ސްޕައިން ސެޝަން

މާދަމާ

  • ނިއުރޮއެންޑޯވަސްކިއުލާ

  • މައިކްރޯވަސްކިއުލާ ނިއުރޯސާޖަރީ

  • ސްޓްރޯކް

ބުނީ ކީކޭ؟ - ސައިންޓިފިކް ސެޝަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނެޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލުން ރާއްޖޭގައި ނިއުރޯސާޖަރީގެ ހިދުމަތްތައް ފެށީ 2015 ވަނަ އަހަރު ކަމަށެވެ.

އެހާ ފަހުގެ ތާރީހެއްގައި ފެށި ނަމަވެސް، އައްފާލް ވިދާޅުވީ މިކަމުގެ އެންމެ ކުޅަދާނަ ޑޮކްޓަރުންނާއި އެންމެ ރަނގަޅު ވަސީލަތްތައް ރާއްޖޭގައި ހުރުމަކީ މި ދައިރާ އިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސްގައި އައްފާލް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް

މި އަހަރުގެ ކޮންފަރެންސްގައި ހިމެނެނީ މައިގަނޑު ތިން ބައެކެވެ. އެއީ:

  • ހޯމަ ދުވަސް - ޕްރީ-ކޮންފަރެންސް ވޯކްޝޮޕްސް (އޭޑީކޭ ހޮސްޕިޓަލުގައި)

  • އިއްޔެ - ލައިވް ސާޖަރީތައް (އޭޑީކޭ ހޮސްޕިޓަލުގައި)

  • މިއަދާއި މާދަމާ - ސައިންޓިފިކް ސެޝަންތައް (ކްރޮސްރޯޑްސްގެ އިވެންޓު ހޯލްގައި)

އެ ކޮންފަރެންސްގެ ކީނޯޓް ސްޕީކަރުންނަކީ:

  • ޑރ. އަލީ ނިޔާފް - ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން

  • ޑރ. ކެނެތު ވޯސޫ

  • ޑރ. އަރުވިންދު ނަންދާ

  • ޑރ. ޕަސްކާލް ޖަބޫރު

  • ޑރ. ރިޗަޑް ވޯންސް

  • ޑރ. ރިޗަޑް ވީ ޗުއާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް