ހިޔާ ފްލެޓެއް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔޫތު މިނިސްޓްރީ

ހިޔާ ފްލެޓުގައި ޒުވާނުންގެ މަރުކަޒެއް ހުޅުވަނީ

ހުޅުމާލޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް މަހްލޫފް ވިދާޅުވި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަލަށް އާބާދުވެފައިވާ ބޮޑު އާބާދީ ދިރިިއުޅެމުން އަންނަ ހިޔާ ފްލެޓުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ދެ ވަނަ ފިޔަވަހީގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - ނިޔާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ މިހާރު ހިޔާ ފްލެޓުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެ ޖާގަ ދިނީމަ އެ ތަނުގައި އަޅުގަނޑު މިހާރު އެ ސެޓްއަޕް ހެދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/ މަޖިލީސް)

އެނގުން މުހިއްމު - ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގައި މީހުން އާބާދުވާން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ގާތްގަނޑަކަށް 30،000ގެ އާބާދީއެއް އެ ތަނުގައި އުޅެމުން އަންނައިރު، އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމަކީ އެތައް ބަޔަކު ޝަކުވާ ކުރަމުންދާ ކަމެކެވެ. މަޑުމަޑުން ސަރުކާރުން ދަނީ އެ ސަރަހައްދުގައި އާއްމު ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މަހުލޫފް ވިދާޅުވީ ހުޅުމާލޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންކަމަކީ، ދެ ވަނަ ފޭސްގައި:

  • އައުޓް ޑޯ ވޮލީ ކޯޓެއް އެޅުން

  • ހޭންޑް ބޯލް ކޯޓެއް އެޅުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް