ތިމާވެށި

ކަނޑުއަޑީގެ ދިރާސާ ފެށުން

މިއީ ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓުންގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރު
12 ސެޕްޓެމްބަރު 2022

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް، ރާއްޖޭގެ ކަނޑުތަކުގެ އެންމެ ފުނަށް ގޮސް ދިރާސާ ކުރާ އެކުއަނޯޓުންގެ ޓީމުން އިއްޔެ ލ. އަތޮޅު ބޭރަށް ފީނައި އެ މަސައްކަތް ފަށައިފި އެވެ. މިއީ ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓުންގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރެވެ.

އެނގުން މުހިންމު - އިންސާނުންނާ އެކު ކަނޑުގެ ވަރަށް ފުނަށް ދަތުރު ކުރެވޭ 'އޮމެގާ ސީމާސްޓާ II' ކިޔާ ސަބްމާސިބަލްއެއްގައި ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމައަށް ދަތުރުކޮށް، މައުލޫމާތު އެއްކުރާ މި ދިރާސާއަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މަސައްކަތެެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް