'ނޫ ރާއްޖެ' ޕްރޮގްރާމްގެ ދަށުން ކުރިން ހިންގި ދިރާސާއެއްގެ ތެރެއިން. (ފޮޓޯ/ނޫ ރާއްޖެ)

ތިމާވެށި

ކަނޑު ބޭނުންކުރާ ގޮތް ދެނެގަންނަ ސާވޭގައި ރިސޯޓުތަކުން ބައިވެރިވާން އެދިއްޖެ

މި ސާވޭ ފެށީ މިދިޔަ ޑިސެމްބަރުގައި؛ މިއީ ހަ މަސްދުވަހަށް ކުރިއަށްގެންދާ ސާވޭއެއް

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، އާންމު ފަރުދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި އެ ފަރާތްތަކަށް މުހިންމުވާ ސަރަހައްދުތައް ދެނެގަތުމަށް، 'ނޫ ރާއްޖެ' ޕްރޮގްރާމްގެ ދަށުން ހިންގަމުން އަންނަ ސާވޭއަށް ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް އެ ޕްރޮގްރާމުން އެދިއްޖެ އެވެ.

އެނގުން މުހިއްމު - ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ހިންގާ 'ނޫ ރާއްޖެ' ޕްރޮގްރާމްގެ ދަށުން ހިންގާ 'އޯޝަން ޔޫސް ސާވޭ'ގެ ދަށުން:

  • އިގްތިސޯދީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާ އޮންނަ ގުޅުން އިތުރަށް ދެނެގަންނާނެ

  • ސާވޭގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިއްމު ސަރަހައްދުތައް ފާހަގަކޮށް، ކަނޑުގެ ދިރުން ހިމާޔަތްކޮށް، މެނޭޖުކުރާނެ ގޮތްތައް ހޯދައި ދެނެގަތުމަށް ފަސޭހަވެގެންދާނެ

  • މި ސާވޭ ފެށީ މިދިޔަ ޑިސެމްބަރުގައި؛ މިއީ ހަ މަސްދުވަހަށް ކުރިއަށްގެންދާ ސާވޭއެއް

  • މިހާތަނަށް 138 ރަށެއްގައި މަސްވެރިކަމާއި މުނިފޫހިފިލުވުމާއި ފަތުރުވެރިކަމާއި ސަގާފީ ބޭނުން ފަދަ ކަންކަން މެޕްކޮށްފައިވޭ

  • މިއީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ވަކިވަކި ސަރަހައްދުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށް ހިންގާ ފުރަތަމަ ސާވޭ 

ބުނީ ކީކޭ؟ - 'ނޫ ރާއްޖެ' ޕްރޮގްރާމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު މި ސާވޭއަށް އެންމެ ބޭނުންވަނީ ރިސޯޓުތަކުގެ އެއްބާރުލުން ކަމަށެވެ.

"މި ސާވޭގައި ކަނޑުތަކުގެ ބޭނުންކުރާ ގިނަ ދާއިރާތަކަކުން ބައިވެރިވެފައި ވާއިރު، ނޫ ރާއްޖެ ޓީމުން އަދިވެސް ރިސޯޓުތަކުގެ އެއްބާރުލުން ބޭނުންވޭ،" އެ ބަޔާނުގައިވެ އެވެ.

ރިސޯޓުތަކުން ސާވޭގައި ބައިވެރިވެ، ހިޔާލު ހުށަހެޅުމަށް ނޫ ރާއްޖޭން ވަނީ އެދިފަ އެވެ. އެގޮތުން، މި ސާވޭގައި އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް