ގދ. ތިނަދޫގެ މަސްވެރިން ދޮށީގެ މަސްވެރިކަން ކުރުމަށް އެ އަތޮޅު ހުޅަނގު ފަރާތުގައިވާ ބޮއެ ކައިރީގައި. (ފައިލް ފޮޓޯ/ އަލީ ރަފީގު)

މިފްކޯ

މިފްކޯ އިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގުން 3ރ. ބޮޑުކޮށްފި

މަސްވެރިންގެ އިތުރުން، މިފްކޯ އިން އާންމުންނަށް ޑީސަލް ވިއްކާ އަގުން 5ރ. ވެސް ވަނީ ބޮޑުކޮށްފައި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ތަނުން އުފުލުމާ ގުޅިގެން ރާއްޖޭގައި ވެސް ތެޔޮ އަގު ބޮޑުކޮށްފައި ވުމުން މިފްކޯ އިން ވިއްކާ ޑީސަލްގެ އަގު އިއްޔެ އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިފަހަރު ގެނައި ބަދަލާ އެކު މަސްވެރިންނަށް ކުރިން ތެޔޮ ވިއްކި އަގަށް ވުރެ ގާތްގަނޑަކަށް 3ރ. އަދި އާންމުންނަށް ވިއްކި އަގަށް ވުރެ 5ރ. އަގު ބޮޑުވާނެ އެވެ.

ތަފްސީލް - މިފްކޯ އިން ޑީސަލްގެ އަގަށް ގެނައި ބަދަލާ އެކު މިހާރު ތެޔޮ ވިއްކަނީ:

  • މަސްދޯނިފަހަރަށް - ލީޓަރެއް 17.63ރ.

  • އާންމު ފަރާތްތަކަށް - ލީޓަރެއް 22.66ރ.

ކުރިން މިފްކޯ އިން ތެޔޮ ވިއްކި އަގު:

  • މަސްދޯނިފަހަރަށް - ލީޓަރެއް 14.44ރ

  • އާންމު ފަރާތްތަކަށް - ލީޓަރެއް 17.10ރ.

ގުޅުންހުރި ކަމެއް - މިފްކޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމީ، އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު އިއްޔެ އިން ފެށިގެން ބޮޑުކޮށްފައި ވަނިކޮށެވެ. އެގޮތުން، އެސްޓީއޯ އިން ވަނީ ޕެޓްރޯލް އަދި ޑީސަލް ލީޓަރެއްގެ އަގުން ގާތްގަނޑަކަށް 2ރ. ބޮޑުކޮށްފަ އެވެ.

މިހާރު އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު:

  • ޕެޓްރޯލް - ލީޓަރެއް 16.55ރ.

  • ޑީސެލް - ލީޓަރެއް 16.77ރ.

އެސްޓީއޯ އިން ކުރިން ތެޔޮ ވިއްކި އަގު:

  • ޕެޓްރޯލް - ލީޓަރެއް 14.60ރ.

  • ޑީސެލް - ލީޓަރެއް 14.80ރ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

ބަކުރު

25 ޖޫން 2022
އަދިވެސް ލަންކާގަ ތެޔޮ ވިއްކާ އަގަށްވުރެ މިތާގަ ވިއްކާ އަގުހެޔޮ
0 0

އަހުމަދު

25 ޖޫން 2022
އެހެންވީމަ ސަޅިއެއް ނޫނެއްނު!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް