އެޑްވަޓޯރިއަލް

ރެއިންބޯ ސެންޓްރަލް: ހުޅުމާލޭގައި ބާޒާރުކުރަން އިތުރު ފުރިހަމަކަމެއް

'ރެއިންބޯ ސެންޓްރަލް' ހުޅުވާފައި ވަނީ އެ ކުންފުނިން ތަރައްގީކުރި 'އޯޝަން ފްރަންޓް ރެސިޑެންސް' އިމާރާތުގައި
17 ޑިސެމްބަރު 2022

ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރޮންޓް ތިރީގައި މިފަހުން ރެއިންބޯ އިން ހުޅުވި ބޮޑު މޯލާ އެކު ހުޅުމާލެއިން ބާޒާރު ކުރުމަށް މި ވަނީ އާ ތަޖުރިބާއެއް އިތުރުވެފަ އެވެ. 'ރެއިންބޯ ސެންޓްރަލް'ގެ ނަމުގައި ހުޅުވި އެ މޯލްއަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ރެއިންބޯ އިން ގެނެސްދިން އިތުރު ފަސޭހަކަމެކެވެ.

ރެއިންބޯ އިން ބުނި ގޮތުގައި، އެ ކުންފުނިން ހުޅުމާލޭގައި ބޮޑު މޯލެއް ހުޅުވުމުގެ ބޭނުމަކީ ހުޅުމާލެއަކީ މިހާރު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނާތީ އަދި ގިނަ ބަޔަކު އެ ތަނަށް ދިރިއުޅުން ބަދަލު ކުރަަމުން އަންނާތީ އެ ފަރާތްތަކަށް ލުއި ފަސޭހަކަމެއް ހޯދައިދިނުމެވެ. 

"ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމެއް މިއީ ރެއިންބޯގެ މޯލްއެއް ހުޅުމާލޭގައި ހުރުމަކީ. މި މޯލްގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ލުއި ފަސޭހައެއް ލިބިގެން އައުން އަޅުގަނޑުމެންގެ އުންމީދަކީ،" ރެއިންބޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރެއިންބޯ އިން ހުޅުމާލޭގައި ހުޅުވި ފިހާރަ: މިއީ ހުޅުމާލޭގައި ހުޅުވި އެ ކުންފުނީގެ ފުރަތަމަ ފިހާރަ. (ފޮޓޯ/ރެއިންބޯ)

ރެއިންބޯ ސެންޓްރަލްގައި ވިއްކަނީ ގެއަށް ބޭނުންވާ ތަފާތު ބާވަތްތަކެވެ. އެގޮތުން، ފަރުނީޗަރާއި ގެއަށް ބޭނުންވާނޭ އެކި ބާވަތްތަކުގެ ކަރަންޓް ސާމާނު އަދި އެނދުގެ ބެޑް ޝީޓްފަދަ ތަކެތި އެ ތަނުން ލިބެން ހުރެ އެވެ. ރެއިންބޯ ސެންޓްރަލްގައި އެއް ފުރާޅެއްގެ ދަށުން ކޮލިޓީ ގިނަ ބްރޭންޑްތައް ލިބެން އެބަ ހުއްޓެވެ.

"މި ތަނުގެ ތަފާތަކީ ގިނަ ތަންތަނަށް ނުގޮސް އެއް ފުރާޅެއްގެ ދަށުން ކޮލިޓީ ޕްރޮޑަކްޓްތަކެއް ލިބިގެން ދިޔުން،" ރެއިންބޯގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނީގެ އަމާޒު ހުރީ ގެއަށް ބޭނުންވާ އެކި ސާމާނުގެ އެކި ބާވަތްތަކުގެ ތަކެތި 'ރެއިންބޯ ސެންޓްރަލް'އަށް އިތުރު ކުރަމުން ދިޔުމެވެ.

"މިހާރު ނެތް ބައެއް ތަކެތި ވެސް އަޅުގަނޑުމެން މުސްތަގުބަލުގައި އިތުރުކޮށް ފުޅާކުރަމުން ދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އަހަރު ނިންމާލަން ބޮޑު ޕްރޮމޯޝަނެއް

ކޮންމެ އަހަރަކު ވެސް އަހަރު ނިންމާލުމުގެ ގޮތުން، 'އިޔާ އެންޑް ސޭލް'ގެ ނަމުގައި ރެއިންބޯގެ ފިހާރަތަކުން އަގު ހެޔޮކޮށް ތަކެތި ވިއްކަން ބޮޑު ސޭލެއް ބާއްވަ އެވެ. އަދި އެ މުއްދަތުގައި ވިޔަފާރިކޮށްގެން އަގު ހުރި އިނާމުތައް ލިބޭ ބޮޑު ޕްރޮމޯޝަނެއްގައި ބައިވެރިވެ އެވެ. އަދި 'ރެއިންބޯ ސެންޓްރަލް' އިން ވިޔަފާރިކޮށްގެން ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި 'އިޔާ އެންޑް ސޭލް'ގައި ރެއިންބޯ ސެންޓްރަލް އިން ވެސް ތަކެތި ވަރަށް އަގު ހެޔޮކޮށް ލިބޭނެ އެވެ.

ރެއިންބޯ އިޔާ އެންޑް ޕްރޮމޯޝަން:

  • ކޮންމެ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް

  • އެއް ވަނައަށް - މައިކްރޮސޮފްޓް ސާފޭސް ޕްރޯ

  • ދެ ވަނައަށް - 55 އިންޗީގެ ޓީވީއެއް

  • ތިން ވަނައަށް - ދޮންނަ މެޝިނެއް

ގުރުއަތު ނެގުން އޮންނާނީ 4 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9ގައި ރެއިންބޯ ސެންޓްރަލްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް