އެމެޑް ޕްރޮޖެކްޓްގެ ނިންމުން ފާހަގަކުރުމަށް އެމްއެންޔޫއިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ އެމްއެންޔޫ)

އެމްއެންޔޫގެ އެމެޑް މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލަނީ

މިއީ ރާއްޖޭގައި ދޭ މަތީ ތައުލީމު، އީ-ލާނިން މެދުވެރިކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ހިންގި މަޝްރޫއެއް

ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއާ އެކު ކުރިއަށްގެންދާ 'އެޑްވާންސިން ހަޔާ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް ތުރޫ އީ-ލާނިން ޑިވެލޮޕްމެންޓް (އެމެޑް)' މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމުން މިއަދު ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއު ނިންމުން ފާހަގަކުރުމަށް މިއަދު ހެނދުނު އެމްއެންޔޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި، މި މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން ވަނީ އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރައްވާފަ އެވެ.

އެމެޑް ޕްރޮޖެކްޓް:

ފެށީ 2019ގައި

ރާއްޖޭގައި ދޭ މަތީ ތައުލީމު، އީ-ލާނިން މެދުވެރިކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ހިންގި މަޝްރޫއެއް

މިއީ ސްޕެއިންގެ 'ދަ އޯޕަން ޔުނިވާސިޓީ އޮފް ކެޓަލޯނިއާ އާއި ކްރޮއޭޝިއާގެ 'ދަ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އެންޑް އިންފޯމެޓިކްސް އެންޑް ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާޗް ނެޓްވޯކް'އާ ގުޅިގެން ހިންގި މަޝްރޫއެއް

ޖުމްލަ 720،592 ޔޫރޯ (12.3 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވޭ

ތަފްސީލް - އެމްއެންޔޫއިން ބުނީ، މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހަތް ވޯކް ޕެކޭޖަކަށް ބަހާލައިގެން ހަދާފައިވާ ޕްލޭނެއްގެ ދަށުން ކަމަށެވެ. އެގޮތުން:

ތިން ވޯކް ޕެކޭޖެއް ތިން އަހަރަށް ދެމިގެންދިޔަ 

ހަތަރު ވޯކް ޕެކޭޖެއްގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަސައްކަތް ފެށުމާއި ނިންމުމަށް ވަކި ތާރީހުތަކެއް ކަނޑައަޅައިގެން

އެމެޑް މަޝްރޫއު ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)
އެމެޑް މަޝްރޫއު ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމަން ކަނޑައަޅަފައި ވަނީ އަންނަ ޖުލައި މަހު އެވެ. މި ޕްރޮޖެކްޓްގެ ދަށުން:

އީ-ލާނިންގެ ދާއިރާއިން ކަމަށް ބޭނުންވާ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް، މަތީ ތައުލީމު ދޭ އިންސްޓްޓިއުޓްތަކުގައި ކިޔަވައިދޭ ބޭފުޅުންނަށް ފަރުމާކޮށްގެން ޕްރޮގްރާމެއް ހިންގާފައިވޭ

ތައުލީމީ ދާއިރާގައި އައިސީޓީގެ ބޭނުން އިތުރުކުރުމަށް، ޕްރޮގްރާމެއް ފަރުމާކޮށް ޕައިލެޓް ޓެސްޓް ކޮށްފައިވޭ

އެމްއެންޔޫގެ އީ-ލާނިން ފްރޭމްވާކް އެކުލަވާލައި އައިޓީ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށްފައިވޭ

ގުޅުންހުރި ކަމެއް - މާދަމާ މި ޕްރޮޖެކްޓްގެ އެންމެ ފަހު ކޮންފަރެންސް ބާއްވާއިރު، އެ ކޮންފަރެންސް ބާއްވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ. މާދަމާ މެންދުރު 2:30 އިން ހަވީރު 4އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އީ- ލާނިންގެ ބެސްޓް ޕްރެކްޓިސްގެ ކޭސް ސްޓަޑީތަކާ ގުޅިގެންނެވެ.

މި މަޝްރޫއުގެ ދަށުން އެމްއެންއެންޔޫއަށް މައިގަނޑު ތިން ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ކަމަށް އެ ޔުނިވަސިޓީން މީގެ ކުރިން ބުނެފައިވެ އެވެ. އެއީ:

ހިޔާލު ބަދަލުކުރުމާއި މަޝްވަރާކުރުމުގެ ތެރެއިން މުވައްޒަފުން ބާރުވެރިކުރުމާއި ތަމްރީނުކުރުން

އީ-ލާނިންއާ ބެހޭ މަގުޗާޓެއް އެކުލަވާލުމާއި ވަސީލަތްތައް ދެނެގަތުމާއި ހޯދުން

މުވައްޒަފުން ހޭލުންތެރިކޮށް، އެ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދިނުން

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
3345101
admin@mnu.edu.mv

ކޮމެންޓް

Placeholder

ގައުމީ ޔުނިވަސިޓީ

ގައުމީ ޔުނިވަސިޓީ