ސީމާ އާއި ސޮހައިލް

ބޮލީވުޑް

ސޮހައިލް އާއި ސީމާގެ 24 އަހަރުވީ ކައިވެނި ނިމުމަކަށް

'ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް'ގެ ފުރަތަމަ ސީޒަނުގައި ސީމާ ވަނީ ދެމަފިރިން ނަަމަވެސް އޭނާ އާއި ސޮހެއިލް އުޅެނީ ވަކިން ކަމަށް ބުނެފައި
14 މޭ 2022

ސޮހައިލް ހާން އާއި ސީމާ ސަޗްދޭވް ހާންގެ 24 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

އެ ދެ މީހުން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ.

ސަލްމާން ހާންގެ ކޮއްކޮ ސޮހައިލް އާއި ސީމާ ވަރިވާން ނިންމި ނަމަވެސް ދެ މީހުންގެ ދެމެދު ދެކޮޅުވެރިކަމެއް ނެތް ކަމަށްވެ އެވެ. ވަރިވާން ނިންމީ ދެ މީހުން ވާހަކަދައްކައިގެން، އެއީ ދެ މީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ ދެ މީހުން ވަކިވަކިން ކޯޓުން ނުކުމެގެން ދާ ތަން ފެންނަ ފޮޓޯތަކެއް އާންމުވި ނަމަވެސް ވަރީގެ ހަބަރާ ގުޅޭގޮތުން ދެ މީހުންގެ ފަރާތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ނެޓްފްލިކްސްގެ ޝޯ 'ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް'ގެ ފުރަތަމަ ސީޒަނުގައި ސީމާ ވަނީ ދެމަފިރިން ނަަމަވެސް އޭނާ އާއި ސޮހެއިލް އުޅެނީ ވަކިން ކަމަށް ބުނެފަ އެވެ. އެކަމަކު އެ ދެ މީހުންނަކީ އެކައްޗެއް ކަމަށާއި އަބަދުވެސް އިސްކަންދެނީ ދަރިންނަށް ކަމަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް