ޕަންޗާގަރް އަވަށުގެ އައްސޭރިފަށުން ބަނޑުން ޖަހާލި ބޯޓުން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ އިރު މީހުންތައް އެއްވެފައި. (ފޮޓޯ/ އޭއެފްޕީ)

ބަންގްލަދޭޝް

ބަންގްލާދޭޝްގައި ބޯޓު ބަންޑުން ޖަހާލައި 32 މީހަކު މަރުވެއްޖެ

26 ސެޕްޓެމްބަރު 2022

ބަންގްލަދޭޝްގައި ދަތުރު ކުރި ބޯޓެއް ބަންޑުން ޖަހާލައި 32 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޕަންޗާގަރް އަވަށުގެ އައްސޭރިފަށުން ކަރަޓޯޔާ ކޯރު ކައިރީގައި ހުރި ފައްޅިއަކަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި، ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ތިބި މި ކުޑަ ބޯޓް ވަނީ ފުރޮޅާލާފައި އެވެ.

އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ސިރާޖުލް ހުދާ ވިދާޅުވީ، ކޯރުތެރެއިން ހަތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ބޯޓަކީ 90 ވަރަކަށް މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަށާއި 50 އަށް ވުރެ ގިނަ މީހުންނަކީ ހިންދޫ ދީނުގެ އަޅުކަމަކަށް ދަތުރުކުރި މީހުން ކަމަށެވެ.

"ގާތްގަނޑަކަށް 60 މީހުން އަދިވެސް ނުފެނޭ. ބޯޓުގެ ޖާގައަށް ވުރެ ތިން ގުނަ މީހުން އިތުރަށް ތިބި،" ހުދާ ވިދާޅުވި އެވެ.

"ބޯޓްގެ ފަޅުވެރިއަކު އެދުނު ބަރުދަން ލުއިކުރުމުގެ ގޮތުން ބައެއް މީހުން ބޯޓުން ފޭބުމަށް. އެކަމަކު އެއްވެސް މީހަކު އަޑެއް ނޭހި."

ޕަންޗާގަރްގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރު ޖާހުރުލް އިސްލާމް ވިދާޅުވީ، މިހާތަނަށް ހޯދުނު ހަށިގަނޑުތަކުގެ ތެރޭގައި 16 އަންހެނުންނާއި 10 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ ގެއްލުނު މީހުންގެ ލިސްޓް ކަމާ ބެހޭ ފަރާތްތަކުން އެކުލަވާލަމުން ދަނީ ގާތްތިމާގެ މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތޮއްޖެހުމުގެ ސަބަބުން އެކްސިޑެންޓް ހިނގި ކަމަށް ޝައްކު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މެއި މަހު ވެސް ތޮއްޖެހިފައިވާ ލޯންޗެއް ވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް، ބަލްކް ކެރިއަރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 26 މީހުން މަރުވި އެވެ.

ދެކުނުގެ ރަށްފުށު ސިޓީއެއް ކަމަށްވާ ޖަލޮކާޓީގައި ފެރީއެއްގައި އަލިފާން ރޯވެ، މިދިޔަ ޑިސެމްބަރު މަހު 50އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެ، 70އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ޖޫން 2020ގައި، ޑާކާގެ ފެރީއެއް އެހެން އުޅަނދަކާ ޖެހި ހިނގި އެކްސިޑެންޓެއްގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ފެބުރުއަރީ 2015ގައި، ތޮއްޖެހިފައިވާ އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 78 މީހަކު ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް